logoEN
ކޮކާކޯލާ
ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފި

ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

3/28/2021, 4:01:25 PM

33F2071E-21B9-4872-A6A5-E8599E9C654B

ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އަބުޅޯ

އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުންނެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރުގެ މީހުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަވަސް ކުރުމަށް އެދޭ ކަމަށެވެ. އަދި ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުން ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ފަހުން ރާއްޖޭގައި ޖެހުމަށް ހަމަޖެހިފައިވަނީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިނޯފާމް ވެކްސިންއެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާވުމުން ޖެހޭނެ އެވެ. ސިނޯފާމް ވެކްސިނަކީ ކޮވިޑް-19 އަށް ދެމުން ގެންދާ އެހެން ވެކްސިންތަކެކޭ އެއްފަދައިން ރައްކާތެރި ވެކްސިނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ