logoEN
cocacola
ސުއޭޒް ކެނަލްއަށް ބޯޓު ބީހުނީ ހަމައެކަނި މޫސުން ގޯސްވެގެންކަމަށް ބުނެވެން ނެތް - އޮފިޝަލުން

ސުއޭޒް ކެނަލްއަށް ބޯޓު ބީހުނީ ހަމައެކަނި މޫސުން ގޯސްވެގެންކަމަށް ބުނެވެން ނެތް - އޮފިޝަލުން

އަހުމަދު ޝުރާއު

logo

3/28/2021, 3:39:58 PM

62f274ce-35bd-4d07-b9f9-f19ddaf4dddd

މިދިޔަ އަންގާރަދުވަހު ސުއޭޒް ކެނަލްއަށް ބޯޓެއް ބީހުމުގެ ހާދިސާ މެދުވެރިވީ ހަމައެކަނި މޫސުން ގޯސްވެގެންކަމަށް ބުނެވެން ނެތްކަމަށް ސުއޭޒް ކެނަލް އޮތޯރިޓީގެ އޮފިޝަލުން ބުނެފިއެވެ.

ގޮސިޔާ

ހޮނިހިރުދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވިދާޅުވީ "އެވަރގިވަން" ނަމަކަށް ކިޔާ އާގު ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށް ބުނެވެން ނެތްކަމަށް މިހާތަނަށް ބެލި ބެލުމުން ފެންނަކަމަށެވެ. އުސާމާ ވިދާޅުވީ މި ހާދިސާ މެދުވެރިވުމުގައި ޓެކްނިކަލް މައްސަލަތަކެއް ނުވަތަ ހިއުމަން އެރާއެއް އުޅުމަކީ ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާއި ބެހޭ ތަހުޤީޤީ ރިޕޯޓު އާއްމުވުމުން ހުރިހާ ކަމެއް ސާފުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

400 މީޓަރުގެ ދިގުމިނުގެ މިއާގުބޯޓެ ސުއޭޒް ކެނަލްއަށް ބީހުމާއި ގުޅިގެން މިދިޔަ ހަފްތާގެ އަންގާރަދުވަހުން ފެށިގެން ކެނަލް ވަނީ ބަންދުވެފައެވެ. މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީން ބުނިގޮތުގައި ހޮނިހިރުދުވަހާ ހަމައަށް 300 އަށްވުރެ ގިނަ އުޅަނދު ސުއޭޒް ކެނަލްއަށް ވަނުމަށް ކިޔޫގައި އެބައޮތްކަމަށެވެ.

ސުއޭޒް ކެނަލްއަށް ބީހިފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތް ހުއްޓުމެއް ކުރިއަށްދާއިރު،ހޮނިހިރުދުވަހާ ހަމައަށް ކުރެވުނު މަސައްކަތުން ބޯޓުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ގުޑާލާފައިވާކަމަށާއި އަދި ބޯޓުގެ ދަށުން މިހާރު ފެން ދައުރުވަމުންދާކަމަށް ސުއޭޒް ކެނަލް އޮތޯރިޓީގެ އޮފިޝަލުން ބުނެއެވެ. އެހެންކަމުން ވަރަށް އަވަހަށް ބޯޓު ފުންވެ، ކެނަލް ހުޅުވޭނެކަމަށް ބެލެވޭކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މިސްރުގެ އޮފިޝަލުން ބުނާގޮތުން ސުއޭޒް ކެނަލް ބަންދުވުމާއި އެކެނަލްއިން ކޮންމެ ދުވަހަކު 12 މިލިއަން ޑޮލަރާއި 14 މިލިއަން ޑޮލަރާއި ދެމެދުގެ އާމްދަނީއެއް ގެއްލެމުންދާކަމަށެވެ.

މިދިޔަ އަންގާރަދުވަހު ހެނދުނުގެ ވަގުތެއްގައި ޓައިވާނުގެ "އެވަރގްރީން" ކުންފުނިން ލީސްކޮށްފައިވާ "އެވަރގިވަން" ނަމަކަށް ކިޔާ ކާގޯ ބޯޓު މިސްރުގެ ސުއޭސް ކެނަލްއަށް ބީހުނީ މޫސް ގޯސްވި ވަގުތެއްގައި، ބޯޓުން ކަރަންޓްވެސް ކެނޑިފައިވަނިކޮށެވެ. 2 ލައްކަ ޓަނުގެ މިބޯޓަކީ ރެޑްސީން ނެދަލެންޑްސްގެ ރޮޓަރޑަމްއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މިބޯޓުގެ ދިގުމިނުގައި 400 މީޓަރު ހުންނައިރު، އެއީ ގާތްގަނޑަކަށް 4 ފުޓްބޯޅަ ދަނޑުގެ ދިގުމިނެވެ. އަދި މިއީ 20 ހާސް ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު އުޅަނދެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ