
އިންތިހާބު ލަސްކުރުމުން 5،134 މީހަކަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވޭ - އީސީ
large_155152293416PYbV
އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 273،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވިގޮތުގައި އެންމެ ފަހުގެ ވޯޓާސް ލިސްޓުގެ އަދަދަކީ 273،128 މީހުން ކަމަށެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިޚާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުން ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި އިންތިޚާބު ފަސްވެފައިވަނީ ކޮވިޑު-19 އާ ގުޅިގެންނެވެ. އެކި ތާރީޚުތައް ހަމަޖައްސައި ފަސްކުރަމުން، މިހާރު އަންނަނީ އޭޕްރިލް މަހުގެ 10 ގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އެހެންވެ، ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 120 ކެންޑިޑޭޓަކު ވަނީ ވޯޓަކާ ނުލައި ހޮވިފަ އެވެ. އެހެންވެ އެ އިންތިޚާބުގައި މިހާރު ވާދަކުރަނީ 3،934 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓެވެ.