logoEN
Sto top
ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަަރުއަކަށް އަލީ ރަޝީދު

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަަރުއަކަށް އަލީ ރަޝީދު

އަހުމަދު ޝުރާއު

logo

3/28/2021, 3:05:59 PM

big_3BLCfKaAyaimJ1EkzGmkhil0h

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަަރު (ޑީސީޕީ) އަކަށް އަލީ ރަޝީދު އައްޔަންކޮށްފިއެވެ.

Wamco

މީގެކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި އަލީ ރަޝީދު މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އަލީ ރަޝީދު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތައް ހިންގަން ފުލުހުންގެ ތެރެއިން ހަމަޖައްސަވާފައި ހުންނަވާ އެންމެ އިސް ވެރިޔަކީ ވެސް އަލީ ރަޝީދު އެވެ.

އަލީ ރަޝީދު މަތީ ތައުލީމް ހާސިލްކުރައްވާފައިވަނީ މެލޭޝިޔާ އިންނެވެ. އެގޮތުން އިން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވެ އެވެ.

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި އަލީ ރަޝީދުގެ އިތުރުން އަބްދުލް މަންނާން ޔޫސުފް އެބަ ހުންނެވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside