logoEN
Sto top
އޭ ލެވެލް އަވަސްކުރުމުން އެޗްއެސްސީ އިމްތިހާނު ފަސްކޮށްފި

އޭ ލެވެލް އަވަސްކުރުމުން އެޗްއެސްސީ އިމްތިހާނު ފަސްކޮށްފި

އަހުމަދު ޝުރާއު

logo

3/28/2021, 2:58:47 PM

img_md_202102050309111612519751.0421

މިއަހަރުގެ މޭ/ޖޫންގައި ކުރިން ބާއްވަން އޮތް އޭ ލެވެލް އިމްތިހާނު އެޕްރީލް ފަހު ކޮޅަށް އަވަސްކުރުމުން ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން އެޗްއެސްސީ އިމްތިހާން އެއް މަހަށް ފަސްކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

Wamco

އެޗްއެސްސީ އިމްތިހާނު ބާއްވަން މީގެ ކުރިން ހަމަޖެއްސީ، އޭ ލެވެލް ބާއްވާތާ ދެ ހަފުތާ ފަހުންނެވެ. އެކަމަކު މިހާރު އެ މުއްދަތު ވަނީ އެއް މަހަށް ފަސްކޮށް، އަންނަ ޖޫން 13-17އާ ދެމެދު ބާއްވަން ފަސްކޮށްފަ އެވެ.

ހޮނިހިރު ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައީ ކުރިން ވެސް ކަނޑައަޅާފައި އޮތް ގޮތަށް އޭ ލެވެލް ބޭއްވޭތޯ އެޑެކްސެލްއާ އެކު ކުރި މަޝްވަރާތަކުން ވެސް އަލި މަގެއް ނުފެނުމުން ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެޑެކްސެލް އިން އޭ ލެވެލް އަވަސްކުރަން ނިންމީ މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އާ ވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

ކުއްލިއަކަށް އޭ ލެވެލް އަވަސްކުރިކަން އެނގުމުން ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ

މުޅި ދުނިޔޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ނުކުރެވި ކުރިއަށް ދާތީ އޭ ލެވެލް އިމްތިހާން އަންނަ މެއި/ޖޫންގައި ނުބާއްވާނެކަން އެޑެކްސެލް އިން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންގި އެވެ. އެކަމަކު ރާއްޖެއިން ކުރި މަސައްކަތާ އެކު މެއި/ޖޫންގައި އިމްތިހާން ބާއްވަން ފުރުސަތު ދިނީ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside