logoEN
cocacola
މިސްރުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 މަރު

މިސްރުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 މަރު

0.3-54

މިސްރުގައި ދެ ރޭލު ޖެހި އެކްސިޑެންޓެއް ހިނގައި 19 މީހުން މަރުވެ 185 މީހަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގެ ސޫހާޖް ޕޮރޮވިންސްގައެވެ.

ގޮސިޔާ

މި ހާދިސާގައި 32 މީހަކު މަރުވި ކަމަށް ކުރިން އެ ޤައުމުގެ ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް އޭގެ ފަހުން މިސްރުގެ ހެލްތް މިނިސްޓަރު ހަލާ ޒައިދް ވަނީ މި ހާދިސާގައި މަރުވި ފަރާތް ތަކާއި ޒަޚަމްވި ފަރާތްތަކުގެ އަޕްޑޭޓް މީޑިޔާއާއި ހިއްސާކޮށްފައެވެ.

ސަވެއިލެންސް ފުޓޭޖްތަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގީ އެއް ދަނގަޑުގައި ދުއްވާފައިދިޔަ ދެ ރޭލުގެ ތެރެއިން ކުރީގައި އޮތް ރޭލު ދަނގަޑުން ބޭރަށް ފުރޮޅާލައި ފަހަތުން އައި ރޭލު އެ ރޭލައި ޖެހި މުޑިއަރައިގެންނެވެ.

މި ހާދިސާގައި ޒަޚަމްވި ފަރާތްތަކުގެ ހާލު ވަރަށް ސީރިއަސްކަމަށާއި މަރުވި ފަރާތްތައް ވަޅުލުމުގެ ކަންތައް މިހާރު ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ.

މިސްރުގެ ރައީސް ވަނީ މި ހާދިސާގައި އިހުމާލުވި ފަރާތްތަކަށް ބޮޑު އަދަބެއް ދޭނެ ކަމަށް ބުނެފައެވެ. އަދި އެ ޤައުމުގެ ސަރުކާރުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް 6400 ޑޮލަރު ދޭނެކަމަށް އެ ޤައުމުގެ ޕްރައިމް މިނިސްޓަރު ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ