ތިނަދޫ މޮނީޓަރިންގ ހާލަތަށް

ގދ ތިނަދޫއިން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ ތިނަދޫއިން މިއަދު ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ.

ތިނަދޫއަށް އަރާ ފޭބުން މަނާކޮށް، މިހާރު ވަނީ އެޗްޕީއޭގެ ލިޔުން ފޮނުވާފައެވެ. ތިނަދޫ މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިއަދު އިރުއޮއްސި 18:55 ގައި އެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ފައްސި ވެފައިވަނީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަކުރުމަށް ފަހު ނެގި 3 ސާމްޕަލެއްގެ އިތުރުން ރޯގާގެ އާލާމާތްތަކާއެކު ހޮސްޕިޓަލުގެ ފްލޫ އޯޕީޑީއަށް ދެއްކި 3 ފަރާތެއް ހިމެނޭހެން 6 ފަރާތެކެވެ.

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި މީހުންގެ ތެރޭގައި ތިނަދޫ ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކުވެސް ހިމެނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް