logoEN
ކޮކާކޯލާ
އައު ހުވަޔާއި އެކު ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިވާނެ: ރައީސް

އައު ހުވަޔާއި އެކު ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިވާނެ: ރައީސް

އަހުމަދު ޝުރާއު

logo

3/27/2021, 12:56:53 PM

big_3Iedc1TkykLQIaq0ElRQPQQIj

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ހުވާ އައު ކޮށްފައިވާއިރު، އެ މުއައްސަސާގެ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަބުޅޯ

އާ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ފުލުހުންނަށް ތަހުނިޔާ އަރިސްކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ކުރި ހުވަޔާއެކު ޚިދުމަތުގެ ފެންވަރުމަތިވެ، މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

View post on Twitter

ފުލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވާ ޑިސެންބަރު 6، 2020 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޑިސެންބަރު 27، 2020 ގައެވެ. ގާނޫގައި ބުނަނީ އަމަލު ކުރަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސް ފަހުން ކަމަށެވެ. އެއާއި އެކު މިއަދުގެ 00:00 އިން ފެށިގެން ފުލުހުން ވަނީ މި ޤާނޫނަށް އަމަލު ކުރަން ފަށާފައި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއި އެކު އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ވަނީ ކޮށްފައި އެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ