އުރީދޫ ސުޕަރނެޓް ގއ. މާމެންދޫއަށް!

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޙިދުމަތް، ހަލުވި ސްޕީޑް ތަކާއި އެކު ގއ.މާމެންދޫއަށް ތަޢާރަފް ކޮށްފިއެވެ.

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްގެ އިތުރުން ސްޕަރނެޓް ޚިދުމަތް މާމެންދޫއިން ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ (ސީސީއޯ) ހުސައިން ނިޔާޒް ވިދާޅުވިގޮތުގައި، އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން ކަމަށެވެ.

“މާމެންދޫ ރައްޔިތުންނަށް އުރީދޫ ހޯމް ބްރޯޑްބޭންޑް ސްޕަރނެޓް ޚިދުމަތް ފޯރުކޮށްދީ އިތުރު ފުރިހަމަ ކަމާއެކު އިންޓަރނެޓް ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރު ފާގަތިކޮށް ކުރިއެރުން ހޯދައި ދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން” ނިޔާޒް ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ދާދި ފަހުން އުރީދޫ ސްޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުތަކާއި އެކު ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް