logoEN
cocacola
ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

11/17/2020, 10:19:06 PM

DSC_8557

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ގޮސިޔާ

ގައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިރޭޭގެ 21؛45 އިން ފެށިގެން މެންދަމު 02:00 އާ ހަމައަށް, ލ. އަތޮޅާއި އައްޑު އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ މުއްދަތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް އަތޮޅުތަކަށް ގުގުުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއަށް ވަނީ ރީނދޫ ސަމާލު ނެރެފައެެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރާ ފަރާތަތަކަށް މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ