ނަޝީދު ސަރުކާރާއި ދެކޮޅަށް؟!

ސަރުކާރުން ވައްކަންކޮށްފި ކަމަށާއި ސަރުކާރާއި އެކީ އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށް ވެރިކަން ކުރާ ޕާޓީ ، މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދާދި ދެންމެއަކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި މަތި ޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަމަށެވެ.

"ސަރުކާރު މިކަމުގައި ބައިވެރިވެފައިވާތަން ފެންނަނީ. ވައްކަން ކުރާ ސަރުކާރަކާއިއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެ. މިކަން ބަަދަލުކުރަން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަލުން ރިވިއު ކުރުމަށްފަހު ވެސް ދައުވާ ނުކުރަން ނިންމުމުން ސަރުކާރަށާއި ޕީޖީ އަށް ރައީސް ނަޝީދު ދަނީ ރެއިންސުރެ ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް