
ގދ. ތިނަދޫއިން މިއަދު ކޮވިޑް19 އަށް ފައްސި ވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރުންތަކެއް ހިމެނޭ ކަން "ގާފު" އަށް ކަށަވަރުވެއްޖެ އެވެ.

"ގާފު" އަށް ކަށަވަރުވެފައިވާ ގޮތުގައި ތިނަދޫން ފައްސިވި 6 މީހުންގެ ތެރެއިން ސްކޫލްތަކަށް ނިސްބަތްވާ 3 ދަރިވަރަކު ހިމެނެއެވެ. އަދި ފައްސި ކޭސްތައް ފެނިފައިވަނީ ތިނަދޫގެ 3 ސްކޫލުގެ ތެރެއިން 2 ސްކޫލެއްގެ ދަރިވަރުންތަކެއް ކަމަށްވެސް މައުލުމާތު ލިބެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ފައްސި ވެފައިވަނީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަކުރުމަށް ފަހު ނެގި 3 ސާމްޕަލެއްގެ އިތުރުން ރޯގާގެ އާލާމާތްތަކާއެކު ހޮސްޕިޓަލުގެ ފްލޫ އޯޕީޑީއަށް ދެއްކި 3 ފަރާތެއް ހިމެނޭހެން 6 ފަރާތެކެވެ.
ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިއަދު އިރުއޮއްސި 18:55 ގައި އެވެ.