logoEN
ކޮކާކޯލާ
އިމާރާތެއްގެ އަށްވަނަ ބުރިން ވައްޓާލައި ކުރީގެ ލޯބިވެރިޔާ މަރާލައިފި

އިމާރާތެއްގެ އަށްވަނަ ބުރިން ވައްޓާލައި ކުރީގެ ލޯބިވެރިޔާ މަރާލައިފި

Andreea-Celea

ޑޮމިނިކަން ރިޕަބްލިކުގެ އިމާރާތެއްގެ އަށްވަނަ ބުރިން ވައްޓާލައި ގެބްރިއެލް ވިލަނުއެވާ ނަމަކަށް ކިޔާ މީހަކު އޭނާގެ ކުރީގެ ލޯބިވެރިޔާ މަރާލައިފިއެވެ.

އަބުޅޯ

އޭނާ މަރާލާފައި ވަނީ 23 އަހަރުގެ އެންޑްރީއާ ސެލިއާ ނަމަކަށް ކިޔާ އަންހެނެކެވެ. ސެލިއާ އަކީ ރޮމޭނިއާ އިން ޑޮމިނިކަން ރިޕަބްލިކުގެ ވެރި ރަށް ސެންޓޮ ޑޮމިންގޯ އަށް އޭނާގެ އާއިލާއާއެކު ހިޖުރަކޮށްގެން އުޅޭ މީހެކެވެ. އަދި އޭގެ ފަހުން އޭނާ އުޅުނީ ވިލަނުއެވާއާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

ނަމަވެސް އޭނާ މަރާލުމުގެ އެއް އަހަރު ކުރިން އޭނާ ވަނީ އެ ގުޅުން ނިމުމަކަށް ގެނެސްފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހޮޓަލެއްގެ ބޭރުގައި ހުރި ޕޭމެންޓެއްގެ މަތިން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

ސެލިއާ މަރުވި ދުވަހު އޭނާ ހުރި ހޮޓަލުގެ ސީސީޓީވީ ފުޓޭޖުތަކުން އޭނާ އާއި ވިލަނުއެވާ އެއްކޮށް ފެނުނެވެ. އަދި އެ ދެމީހުން އެއްކޮށް އެ ހޮޓަލުގެ އަށްވަނަ ބުރީގައި ހުރި ކޮޓަރިއަކަށް ވަންނަ މަންޒަރު ފެނުނެވެ. އަދި އޭގެ ފަހުން ބޭރުން އަޑެއް އިވިގެން ބަލާލި އިރު ސެލިއާގެ ހަށިގަނޑު ފެނުނީ އެ ހޮޓަލުގެ ބޭރު މަގުމަތިން ކަމަށް އެ ހޮޓަލުން މައުލޫމާތުދެއެވެ. އެވަގުތު އެމަޖެންސީގައި އޭނާއަށް ފަރުވާވެސް ދިނެވެ. ނަމަވެސް އޭނާ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

މިއާއެކު ސެލިއާ މަރާލިކަމުގެ ކުށް ސާބިތުވެ ވިލަނުއެވާ ވަނީ 20 އަހަރަށް ޖަލަށް ލާފައެވެ. އަދި އޭނާ ވަނީ 63،683 ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ