logoEN
PNC TOP 3
 އުފެއްދުންތަށް މެދުކެނޑުމެއް ނެތި ލިބެން ހުންނާނެ- މިފްކޯ

އުފެއްދުންތަށް މެދުކެނޑުމެއް ނެތި ލިބެން ހުންނާނެ- މިފްކޯ

ގާފު އެޑިޓޯރިއަލް

logo

3/27/2021, 10:22:09 AM

251247_3_ce802db0a21fcea3556e0fadb649f6628d1c3c0e_large

މުވައްޒަފުންތަކެއް ކޮވިޑް 19 އަށް ފައްސިވި ކަމުގައި ވިޔަސް އެއްވެސް ދަތިކަމެއް ނެތި މިފްކޯގެ އުފެއްދުންތައް ލިބޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

PNC MID 2

މިފްކޯގެ އެންމެ ގިނަ އުފެއްދުން އުފައްދާ ސައިޓް ޅ.ފެލިވަރު 24 މާރޗް 2021 ވަނަ ދުވަހުން މޮނީޓަރިންގްއަށް ވަނީ ލައިފައެވެ. މިހާތަނަށް އެރަށުން ވަނީ 66 މީހުން ފައްސިވެ ކޮމިއުނިޓީ ސްޕްރެޑް އަކަށް ގޮސްފައެވެ. އަދި ފައްސިވި ހުރިހާ މުވައްޒަފުން ފެލިވަރުގައި ހުރި އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވިފައިވާ ކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.

އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރިޔަށް އޮތީ ރަމަޟާންމަސް ކަމަށް ވެފައި މިފަދަ ހާލަތެއް މެދުވެރިވެދާނޭކަމަށް އެކުންފުނި ވަނީ ތައްޔާރުވެފައި ކަމަށެވެ. އެހެން ކަމުން ހުރިހާ އުފެއްދުންތަށްވެސް މާލެއާއި އަދި މިފްކޯގެ އެހެނިހެން ސެންޓަރުތަކުން މެދުކެނޑުމެއްނެތި ލިބެން ހުންނާނޭ ކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

ރަމަޟާންމަހަކީ މަހުގެ ބާވަތްތަކުގެ ޑިމާންޑް އެހެންމަސްތަކާއި ހިލާފަށް ބެޑުވެގެން ދާ މަހެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC