
ފެނުއަޑީގައި އޮންނަ ދުވާލަކު ދެފަހަރު ބޭނުންކުރެވޭ، މަގެއްގެ ވާހަކަ އަޑުއެހިންތަ؟
2
13 ފޫޓް ފެނުއަޑީގައި އޮންނަ، އަދި ހަމައެކަނި ދުވާލަކު ދެފަހަރު ބޭނުން ކުރެވޭ މަގަކީ، ފްރާންސްގެ "ގަލްފް އޮފް ބާނެފް" އާއި "ނޮއިރުމޮއުޓިއާ" ގުޅުވާލަދޭ މަގެވެ.

މިމަގު ބޭނުންކުރެވެނީ ދުވާލަކު ދެފަހަރު މަދު ގަޑިއިރަކަށެވެ. ސަބަކީ ބޮޑު ދިޔައިގައި މިމަގު 13 ފޫޓަށް ފެނުގެ އަޑިޔަށް ދާތީއެވެ. އެންމެ އާދަޔާ ކިލާފު ކަމަކީ، 2.58 މޭލު ދިގު މިމަގު، ބޮޑުދިޔައިގައި 13 ފޫޓް އަޑިޔަށްގޮސް، މަގެއްގެ ނިޝާނެއްވެސް ފެންނާކަށް ނޯންނަކަމެވެ.
އެހެންކަމުން އެގައުމުގެ ރައްޔިތުންނަށް މިމަގު ބޭނުންކުރެވެނީ މަދު ވަގުތުކޮޅަކަށެވެ. މަގުގެ ދެކޮޅުގައި ބެހެއްޓިފައިވާ ޚާއްސަ ޑިޖިޓަލް ބޯޑުތަކުން މަގު ބޭނުންކުރަން ރައްކާތެރި ވަގުތުތަކާއި ގަޑި އަންގައިދެއެވެ.
ބައެއްފަހަރު މަގު ހުރަސްކުރާ ފަރާތްތަކަށް ދިޔަވަރު ބަދަލުވާއިރު، މަދުން ނަމަވެސް ފެނުގެ އަޑިޔަށް މަގު ދާވަގުތާ ކުރިމަލާން ޖެހެއެވެ. ނަމަވެސް މަގުގެ ދެފަރާތުގައި ކޮންމެވެސް ވަރަކަށް އުސް ތަނބުތަކެއް ހެދިފައިވުމުން، މަގު ބަލަހައްޓާ ފަރާތުން އެހީތެރިކަން ފޯރުކުރެވެންދެން، މިތަނބުތައް މަތީ މަޑުކުރެވެއެވެ.