
4991
އޮލިމްޕިކްސްގައި ވާދަކުރުމުގެ އުންމީދުތަކެއް ކުރަމުން އައި ކުޅަދާނަ ރާޅާއެޅުންތެރިއަކު ޓްރެއިންގްގައި ހަރަކާތްތެރިވަނިކޮށް ހޮނެއް އެޅުމުގެ ސަބަބުން މަރުވެއްޖެއެވެ.

އެލް ސެލްވަޑޯއަށް އުފަން 22 އަހަރުގެ ކެތެރިން ޑިއާޒް މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވަނީ އެ ޤައުމުގެ ސާރފިންގް ފެޑެރޭޝަނުންނެވެ.
ހޮނު އެޅި ވަގުތު ކެތެރިން ހުރީ އެލް ޓުންކޯ ބީޗުގެ މޫދުގައެވެ. އޭނާ ގާތުގައި އެ ވަގުތު އޭނާގެ ރައްޓެއްސެއްވެސް ހުއްޓެވެ. ނަމަވެސް އޭނާއަށް މާބޮޑު ކަމެއް ނުވެއެވެ.
ކެތެރިން ވަނީ ދުނިޔޭގެ ފެންވަރުގައި އޭނާގެ ޤައުމު ތަމްސީލުކޮށް އެތަކެއް ކާމިޔާބުތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ އައިއެސްއޭ ވޯލްޑް ސާފިންގް ގޭމްސްގެ އިތުރުން އައިއެސްއޭ ވޯލްޑް ޖޫނިއަރ ސާފިންގެ ޗެމްޕިއަންޝިޕުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ.
އޭނާ ދިޔައީ މިއަހަރު ބާއްވާ އައިއެސްއޭ ވޯލްޑް ސާފިންގް ގޭމްސްއަށް ތަމްރީން ހަދަމުންނެވެ. މި އަހަރު ބާއްވާ މި މުބާރާތަކީ އޮލިމްޕިކްސްގެ ކޮލިފައިންގް މުބާރާތަށް ވުމާއެކު ކެތެރިން ދިޔައީ ވަރަށް ފޮނި އުންމީދުތަކެއް ކުަރަމުންނެވެ.
ކެތެރިން މަރުވުމާއެކު އެލް ސަލްވަޑޯގެ ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އޭނާއަށް ތައުޒިޔާ ކިޔާފައެވެ.