logoEN
Sto top
ޔޫރޯއަށްފަހު އަނބުރާ ރެއާލްއަށް ދާނަން: ބޭލް

ޔޫރޯއަށްފަހު އަނބުރާ ރެއާލްއަށް ދާނަން: ބޭލް

އަހުމަދު ޝުރާއު

logo

3/25/2021, 11:00:07 AM

gareth-bale-tottenham-2020-21_lw1a3itbcjoe1micu2uwoa40t

ކުރިއަށް އޮތް ޔޫރޯ މުބާރާތް ނިންމާލުމަށްފަހު އަނެއްކާވެސް އެނބުރި ރެއާލް މެޑްރިޑަށް ދާނެ ކަމަށް މިވަގުތު ލޯން އެއްބަސްވުމުގެ ދަށުން ޓޮޓެންހަމްގައި ހުރި ގެރެތު ބޭލް ބުނެފިއެވެ.

Wamco

ކުރިމަގާ މެދު ވިސްނުން ގެންގުޅޭ ގޮތާއި ގުޅޭ ގޮތުން ވޭލްސްގެ ފޯވަޑާއި ހަވާލާދީ ބޭރުގެ ރިޕޯޓުތަށް ބުނާ ގޮތުގައި އަބަދުވެސް ޕްލޭންގައި އޮތީ މި ސީޒަނަށްފަހު އެނބުރި ރެއާލްއަށް ދިޔުމަށް ކަމަށެވެ.

"އުނދަގޫކަމެއް، އޮޅުމެއް ނެތް އަހަރެންގެ މުސްތަގުބަލަކަށް. އަހަރެން ސްޕާސްއަށް ދިޔައީ ކުޅޭނެ ވަގުތު ހޯދުމަށް. ޔޫރޯއަށް ދާއިރު އަހަރެން ބޭނުންވީ ފިޓްކޮށް ހުންނަން. އެހެންވީމަ އޭރުވެސް ޕްލޭން އޮތީ މި ސީޒަނަށްފަހު އަނެއްކާވެސް ރެއާލްއަށް ދިޔުން. އެއީ އަބަދުވެސް ޕްލޭނަކީ،" ބޭލް އާއި ހަވާލާދީ ރިޕޯޓުތަށް ބުނެއެވެ.

ޔޫރޮޕާ ލީގާއި ޕްރިމިއާ ލީގުގައިވެސް މިހާރު ބޭލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާއިރު، އޭނާ މިވަގުތު ހުރީ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ވޭލްސް ގައުމީ ޓީމާއެކުގައެވެ.

ބޭލް ޓޮޓެންހަމްއަށް ބަދަލުވީ ރެއާލްގެ ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުއެވެ. ބޭލް ވަނީ 7 އަހަރު ރެއާލްއަށް ކުޅެދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside