logoEN
cocacola
ޕާކިސްތާނާއެކު އެކުވެރި ގުޅުމެއް ބާއްވަން ބޭނުންވޭ: މޯދީ

ޕާކިސްތާނާއެކު އެކުވެރި ގުޅުމެއް ބާއްވަން ބޭނުންވޭ: މޯދީ

އަހުމަދު ޝުރާއު

logo

3/25/2021, 9:00:46 AM

Modi-with-Imran

އިންޑިއާއިން ޕާކިސްތާނާ އެކުވެރި ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މޯދީ މިގޮތަށް ވިދާޅުވީ ޕާކިސްތާން ވަކި ދައުލަތެއްގެ ގޮތުގައި އުފެދުމަށް މަގުފަހިކޮށްދިން ލާހޯރު ރެޒޮލިއުޝަންއަށް 81 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހަބާ ވިދާޅުވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ލިޔުއްވި ސިޓީފުޅެއްގައި އެވެ.

އެސިޓީގައި މޯދީ ވިދާޅުވިގޮތުގައި އަވަށްޓެރި ގައުމެއްގެ ގޮތުން، އިންޑިއާއިން ޕާކިސްތާނާ އެކުވެރި ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ބިރުވެރިކަމާއި ދެކޮޅުވެރިކަމެއް ނެތް، އިތުބާރު ކުރެވޭ ފަދަ މާހައުލެއް އޮންނަން ޖެހޭ ކަމަށެވެ.

މޯދީ އެ ސިޓީ ފޮނުއްވީ ދެ ގައުމުގެ ހީނަރުވެފައިވާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. 2019 ގައި އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެއީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހެދުމުން ޕާކިސްތާނާ އޮތް ގުޅުން އޮތީ ހީނަރުވެފައިއެވެ.

އެގޮތުން ޚާން ވަނީ އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ޕާކިސްތާނުން ބޭނުންވާ ކަމަށާއި ނަމަވެސް މީގެ ކުރިން އޭނާ ކުރެއްވި މަސައްކަތްތަކަށް އިންޑިއާއިން އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރަން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އިންޑިއާއިން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖުވާ ވަނީ ކަޝްމީރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ