logoEN
ޕީއެންސީ 2
ސަރަހައްދީ ބަނދަރާއި އެކު ތިނަދޫ ތަރައްގީ ވެގެންދާނީ ވިޔަފާރި ހަބެއްގެ ގޮތުގައި - ރައީސް

ސަރަހައްދީ ބަނދަރާއި އެކު ތިނަދޫ ތަރައްގީ ވެގެންދާނީ ވިޔަފާރި ހަބެއްގެ ގޮތުގައި - ރައީސް

އަހުމަދު ޝުރާއު

logo

3/25/2021, 8:21:16 AM

145852115_169241971383365_5250495353956971774_n-1-1536x1023

ހުވަދު އަތޮޅުގެ ވެރިކަން ކުރާ ރަށް ގދ ތިނަދޫ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ވިޔަފާރި ހަބެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޝަރީ 2024

ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ކެމްޕެއިން ޕްރޮގުރާމުގައި ގދ. އަތޮޅުގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތިނަދޫގައި ސަރަހައްދީ ބަނދަރާއެކު އެރަށް ތަރައްގީ ކުރަން ނިންމާފައިވަނީ ވިޔަފާރި ހަބެއްގެ ގޮތުގައި ކަމަށާއި އަދި އެ ބަނދަރާއެކު ބޮޑެތި ބަދަލުތަކެއް ތިނަދޫއަށް އަންނާނެ ކަމަށެވެ.

" ތިނަދޫއަކީ އަޅުގަނޑުމެންގެ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށެއް. މިހާރު ތިނަދޫގައި ތަރައްގީ ކުރަމުން އަންނަ ބަދަރަކީ ކޮމާޝަލް ބޭނުމަށް ތަރައްޤީކުރަމުން އަންނަ ބަދަރެއް" ރައީސް ވިދާޅުވި އެވެ.

ތިނަދޫގެ އިރުމަތީ ފަރާތުގެ އިންޑަސްޓްރިއަލް ޒޯން ހިއްކައި، އެތަނުގައި ޕޯޓު އެޅުމުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރަހައްދީ ބަނދަރާއެކު ބޭރުގެ ބޯޓު ފަހަރުތައް ފާލަމަށް ކައިރި ކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތިނަދޫގައި ސަރަހައްދީ ބަނދަރެއް ހެދުމުގެ މަސައްކަތް އަންނަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އެގޮތުން މި ބަދަރުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހު ކޮޅު އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައިއެވެ. ތިނަދޫގައި ސަރަހައްދީ ޕޯޓު ގާއިމުކުރުމަށް އެ ރަށުން 108،000 އަކަފޫޓުގެ ބިމެއް ކައުންސިލުން ވަނީ އެމްޕީއެލްއަށް ދޫކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ