logoEN
PNC TOP 3
ދާންދޫ ސްކޫލުގެ ދަރިވަރުންނަށް ފުލުހުންގެ މައުލޫމާތުދިނުމުގެ ސެޝަނެއް!

ދާންދޫ ސްކޫލުގެ ދަރިވަރުންނަށް ފުލުހުންގެ މައުލޫމާތުދިނުމުގެ ސެޝަނެއް!

އަހުމަދު ޝުރާއު

logo

3/24/2021, 10:30:54 AM

Dhaandhoo-1

PNC MID 2

ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ ދާންދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ދާންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ސެޝަނުގައި އެސްކޫލުގެ ގްރޭޑް 8 އަދި 9 ގައި ތައުލީމު ހާސިލުކުރަމުންދާ 63 ދަރިވަރުންނަށް ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި، މައިންބަފައިންނާއި ދަރިވަރުންނާ އޮންނަންޖެހޭ ގުޅުމާއި މައިންބަފައިންނަށް އަދާކޮށްދޭންޖެހޭ ހައްގުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މައިންބަފައިންނާއި ބޮޑެތި މީހުންނަށް އިހުތިރާމުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ކުށުގެ ވެށިން ދުރުހެލިވެފައިވާ އަހުލާގު ރަނގަޅު ދަރިވަރުންތަކެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމަށް އަމަލުކުރަންޖެހޭ ގޮތާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC