logoEN
Sto top
ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް!

ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް!

އަހުމަދު ޝުރާއު

logo

3/24/2021, 11:10:10 AM

big_s9TIzWx7rRNIzXHoZwrvx7NYj

ދިރާގު ޓީވީ ގުޅައި ދިނުމާ އެކު ޖޯއި ބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

Wamco

ދިރާގުން ބުނީ މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

ދިރާގުން އިތުރަށް މައުލޫމާތުދޭ ގޮތުގައި މޭ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށެވެ. މި މުއްދަތުގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކުރާ 20 ނަސީވެރިންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީ އިން 100 އަށްވުރެ ގިނަ ޗެނެލް ބަލައިލެވޭނެ އެވެ. ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރު ކޮށްދެމުން އަންނަ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside