
މުޅި މަހަށް 60 ޖީބީ އެންމެ 750 ރުފިޔާއަށް ލިބޭ ޕެކޭޖެއް އުރީދޫއިން!
large_161651506644FgwU
'އާޗާ ޑެއިލީ 2ޖީބީ' ޕްލޭންގެ ނަމުގައި އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންއެއް ތައާރަފްކޮށްފި އެވެ.

މި ޕްލޭންއިން މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާއާއި އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 750 ރުފިޔާއަށް ލިބިގެންދާނެ އެވެ. މިއީ ބޮޑު ޑޭޓާ އެލަވަންސްއެއް މިހާ އަގުހެޔޮކޮށް ރާއްޖެއިން ލިބޭ ފުރަތަމަ ފަހަރެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންތައް އުރީދޫ އެޕްލިކޭޝަން، 1#929 އަށް ޑައިލްކޮށްގެން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ކީވޯޑް “UD750” 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކުރެވޭނެ އެވެ.
މުޅިން އަލަށް އާޗާ ޕްރިޕެއިޑް ނަގާ ކަސްޓަމަރެއް ނަމަ، އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަޑް ޕްރިޕެއިޑް ޕްލޭނެއް ނެގުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައިލްކޮށްގެން އެކްޓިވޭޓް ކުރެވޭނެ އެވެ.