logoEN
cocacola
ތިނަދޫއަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ - ރައީސް

ތިނަދޫއަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ - ރައީސް

big_0eszPy7mfSYy7IqsHoGkR35t2

ގދ ތިނަދޫ އަށް މިހާރު ދިމާވެފައިވާ އިރުމަތީ ފަރާތުން އުދައެރުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީ އިން ގދ އަތޮޅު އެމްޑީޕީ ކެންޑިޑޭޓުންނާއި އެކު ރޭ ބޭއްވި ރައްވެހިފަތިސް ޖަަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތިނަދޫ އިރުމަތީ ފަރާތުން އުދައެރުމުގެ މައްސަލައަކީ މިހާރު ދިމާވެފައިވާ ބޮޑު މައްސަލައެއްކަމާއި، އެކަމަށް އަވަސް ހައްލެއް ލިބިގެން ދާނެކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫގައި މިހާރު ކުރިއަށް ގެންދެވޭ ސަރަހައްދީ ވިޔަފާރި ބަނދަރުގެ މަސައްކަތާއި އެކު އެކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

" އިރުމަތީ ފަރާތު ބޭރު ތޮށި، އިންޑަސްޓްރިއަލް ޒޯން ބިން ހިއްކުމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ރޭވިފައި މިއޮތީ، އެތަނަށް އަންނާނެ ބޮޑު ބަދަލެއް" ރައީސް ވިދާޅުވިއެވެ.

ގދ ތިނަދޫއަށް އުދަ އަރާ އެއް ސަބަބަކީ އެރަށުގެ ބަދަރުގައި ބޭރުތޮއްޓެއް ނެތުމާއިި ފަސްގަނޑު ތިރިރަށަކަށްވުމުން ކަމަށް ތިނަދޫ ކައުންސިލުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. އަދި ތިނަދޫ އިރުމަތީ ފަރާތުން އުދަ އަރާ ގަޑިތަކުގައި ތިނަދޫ ފަޅުގައި އަޅާފައިވާ ގިނަ އުޅަނދުފަހަރަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ