logoEN
cocacola
!ގއ ވިލިނގިލި މޮނީޓަރިންގ ހާލަތަށް

!ގއ ވިލިނގިލި މޮނީޓަރިންގ ހާލަތަށް

ވިލިނގިލި

ގއ ވިލިނގިލި މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ.

ގޮސިޔާ

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ގއ.ވިލިނގިއްޔަށް ދިޔަ މީހަކު އެނބުރި މާލެ އައި ފަހުން ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

ހާއްސަ ހުއްދައިގެ ދަށުން އެރަށަށް ދަތުރުކުރެއްވީ ވެމްކޯގެ މުވައްޒަފެއްކަން "ގާފު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެޗްޕީއޭއިން ގއ ވިލިނގިއްޔަށް ފޮނުވި ލިޔުމެއްގައިވަނީކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ވިލިނގިލިން އެއްވެސް މީހަކު ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އެއްވެސް މީހަކު އެރުމަކީ މަނާކަމެއްކަމަށް އެޗްޕީ އޭ ގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ހާއްސަ ހުއްދައިގެ ދަށުން ވިލިނގިއްޔަށް ދަތުރުކުރި ފަރާތުގެ ކޮންޓެކްޓް ޓްރޭސިންގ ހެއްދުމަށް ފަހު 7 ފަރާތެއްގެ ސުންކު ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ގއ އަތޮޅު ހޮސްޕިޓަލްގައި ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ