
ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތައް ނައްތާލައިފި
photo6253347563092683519 (3)
ގދ. ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ފުޅިތައް ނައްތާލައިފިއެވެ.

މިތަކެތި ނައްތާލައިފައިވަނީ މިއަދު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގައި އެވެ. އެގޮތުން ނައްތާލާފައިވަނީ ހުވަދު އަތޮޅު ދެކުނުބުރީގެ 2 އެއަރޕޯޓް ކަމަށްވާ ކާޑެއްދޫގެ އިތުރުން މާވަރުލު އެއަރޕޯޓުން ހިފެހެއްޓިފައިވާ ބަނގުރާފުޅިތަކެވެ.
އެގޮތުން މި ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ ޖުމްލަ 64 ފުޅިއާއި 11 ބިޔަރު ދަޅެވެ. އޭގެތެރެއިން 19 ބަނގުރާ ފުޅި އަތުލައިގަނެވިފައިވަނީ މާވަރުލު އެއަރޕޯޓަށް ދަތުރުކުރެއްވި ފަތުރުވެރިންގެ އަތުންނެވެ. އަދި ބާކީ 45 ބަނގުރާ ފުޅިއާއި 11 ބިޔަރު ދަޅު އަތުލައިގަނެވިފައިވަނީ ކާޑެއްދޫ އެއަރޕޯޓަށް ދަތުރުކުރެއްވި ފަތުރުވެރިންގެ އަތުންނެވެ.
ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ޤަވާއިދުގެ ދަށުންނެވެ.