logoEN
Sto top
ގައްދޫ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ގައްދޫ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

އަހުމަދު ޝުރާއު

logo

3/22/2021, 9:18:09 AM

162944677_3208536702583286_2350426944509105604_n

ގދ ގައްދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

Wamco

ހެލްތް މިނިސްޓްރީއިން ވަނީ އިއްޔެ މިކަން ރަސްމީކޮށް އިއުލާންކޮށްފައި އެވެ. އަދި ހެލްތް ސެންޓަރުތަށް ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މުޅިން އާ ޢިމާރާތްތަކާއެކު އެވެ.

ގައްދޫ ހޮސްޕިޓަލްތަލް ފަރުމާކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށާ، މިކަމަށް ހިންގާނެކަމަށް ލަފާކުރާ ޚަރަދުތަކާ ގުޅޭ ދިރާސާތައްވެސް ނިމިފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައިއެވެ. ހޮސްޕިޓަލްތަކުގެ ކުރެހުންތަކާ ބީއޯކިއު، ހިލޭސާބަހަށް ތައްޔާރުކޮށްދެއްވީ ށ.މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ އެހީތެރިކަމުގައިކަން ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި މި ކުރެހުންތަށް ވަނީ ހެލްތް މިނިސްޓްރީއާއި މިހާރު ހަވާލުކޮށްފައި އެވެ.

undefined

ގައްދޫގެ އިތުރުން އިތުރު 11 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ނ.ކެނދިކުޅުދޫ، ބ.ތުޅާދޫ، ޅ.ހިންނަވަރު، ފ.ނިލަންދޫ، ތ.ވިލިފުށި އަދި އދ.މާމިގިލީގެ ސިއްހީ މަރުކަޒުތަށް ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.

ގދ އަތޮޅުގައި މިވަގުތު ހިދުމަތް ދެމުން އަންނަނީ އެންމެ ހޮސްޕިޓަލަކުންނެވެ. އެއީ ގދ ތިނަދޫގައި ހުންނަ އަތޮޅުގެ މައި ހޮސްޕިޓަލް ކަމުގައިވާ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއެވެ. ސަރުކާރުން ވަނީ ހުވަދު އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށްވެސް ނިންމާފައި އެވެ. އެގޮތުން ހުވަދޫގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލްވެސް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ތިނަދޫގައި އެވެ.

undefined

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުންވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެދުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside