logoEN
cocacola
ފިނޭންސް މިނިސްޓަރު ވަނީ ގާނޫނާއި ހިލާފުވެފައި - އެމްޕީ ހުސެއިން

ފިނޭންސް މިނިސްޓަރު ވަނީ ގާނޫނާއި ހިލާފުވެފައި - އެމްޕީ ހުސެއިން

އަހުމަދު ޝުރާއު

logo

11/18/2020, 8:15:54 AM

# ހުސެެއިން

Uxw3KPTTbFy7tVtA2MIWyay6ceVoLxZbWNRIn2PM

މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ގާނޫނު އަސާސީގެ 96 މާއްދާއާއި މާލިއްޔަތު ގާނޫނާއި ހިލާފުވެފައިކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރަމުން ހުސެއިން ވިދާޅުވީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެެ ނ އާއި ހިލާފުވެފައިވާ ކަަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެެ ނ ގައި ބަޔާންކުރާގޮތުން ނަމަ މަޖިލީހުގެ ހުއްދަލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މިންވަރަށްވުރެ ހަރަދު އިތުރު ކޮށްގެން ނުވާނެ ކަމަށާއި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއްކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ޚަރަދެއް ކުރަންވާނީ އެކަމަށް އެކަންޏެވެ.

ހުސެއިން ވިދާޅުވި ގޮތުގައި މިނިސްޓަރ އަމީރު ވަނީ މަޖިލީހަށް ނޭޭންގި 2020 ވަނަ ބަޖެޓުގައިވާ ފައިސާ ކޮވިޑާއި ގުޅިގެން އެހެން ކަންކަމަށް ބޭނުން ކޮށްފައިވާ ކަމަށް މިނިސްޓަރު އަމީރު މަޖިލީހުގައި ތަކުރާރުކޮށް ބުނެފައިވާކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓުގައި 2020 ވަނަ އަހަރުގެ ބަޖެޓް ރިވައިޒް ކުރެވިފައިވާ ކަމަށް ބުނެފައިވާ އިރު އެ ހަރަދުތަށް މަޖިލީހައް ހުށަހެޅިފައި ނުވަތޫ އެެކަމަށް ހިތާމާކުރާ ކަމަށްވެސް ހުސެއިން ވަނީ ވިދާޅުވެފައެވެ.

ބަޖެޓް ބަހުސްގައި ހުސެއިން ވަނީ މިހާރު ހުށަހަޅާފައިވާ 2021 ގެ ބެޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ކުރީގެ ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމަށް ގެެންގުޅުނު ވިސްނުން މި ސަރުކާރުގައި ނެތްތަކަށް ދޭހަވާ ގޮތަކަށް ހުސެެއިން ވަނީ ވާހަކަދައްކަވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ