logoEN
ޕީއެންސީ 2
ތަނަކަށް ކަމެއް ކޮށްދިނުމުގެ މާނައިގައި ކަންކުރުމުގެެ އުސޫލު ބަދަލުކުރަން ވެއްޖެ - ސަނީފު

ތަނަކަށް ކަމެއް ކޮށްދިނުމުގެ މާނައިގައި ކަންކުރުމުގެެ އުސޫލު ބަދަލުކުރަން ވެއްޖެ - ސަނީފު

Admin

logo

11/17/2020, 6:21:17 PM

# ސަނީފު

277273_3_8dc4782f46179f9d056ce4074fc7d8ece15e05b2

މިވަގުތު ރާއްޖޭގެ އިގްތިސާދު މިއޮތް ދަތި ހާލަތުގައި ބަޖެޓު ޑްރާފްޓް ކުރެވެން ވާނީ އިގްތިސާދީ ގޮތުން ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހުގައި ކަމަށާއި ތަނަކަށް ކަމެއް ކޮށްދިނުމުގެ މާނައިގައި ކަންކުރުމުގެެ އުސޫލު ބަދަލުކުރަން ވެއްޖެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެ.

ޝަރީ 2024

2021 ވަނަ އަހަރަށް ފާސްކުރަން ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓަށް ބަހުސް ކުރަމުން ސަނީފް ވިދާޅުވެފައިވަނީ މިއީ އިގްތިސާދީ ތަރައްގީ ގެންނަން ވީ ވަގުތު ކަމަަށާއި ދައުލަތަަށް އާމްދަނީ ވަންނާނެ ކަހަލަ ޕްރޮޖެކްޓުތަކަށް ބަޖެޓުން އިސްކަން ނުދިނުމަކީ ސުވާލު އުފެދޭކަމެއްކަމަށެެވެ. އަދި ނުވާނެ ކަންކަން ބަޖެޓްގައި ޖެހުމުގެ ބޭނުމެއްނެތްކަމާއި މިބަޖެޓަކީ އިންސާފާއި ހަމަހަމަކަމާއި އެކު އެކުލަވާލެވުނު ބަޖެެޓެއްކަން ގަބޫލުކުރަން ދަތިކަން ވެސް ސަނީފް ވަނީ ފާހަގަކުރައްވާފައެވެ.

ސަނީފު އިތުރަށް ވިދާޅުވިގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ބަޖެޓްގައި ހުވަދޫގައި 1500 ހައުސިން ޔުނިޓް އެޅުމަށް ޖަހާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން ކުރެެވޭ ތަން ނުފެންނަ ކަމަށާއި ނުކުރެވޭނެ ކަންކަން ބަޖެޓްގައި ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ތިނަދޫގައި މަތީ ތައުލީމުގެ ފުރުސަތު ހިންގުމަށް ޖަހާފައިވާ އަދަދުތަކަކީ އެކަންކަން ކުރެވޭނެ އަދަދުތަކެއްކަމަށް ނުދެކޭކަމަށް ސަނީފް ވިދާޅުވި އެވެ. އަދި މި އަދަދުތަށް ޖަހައިގެން މަސައްކަތްތައް ނުކުރެވޭއިރު ތަކުރާރުކޮށް ބަޖެޓްގައި މަސައްކަތްތައް ހުރުމުން އެހެން ރަށްރަށާއި ތިނަދޫ ރައްޔިތުންގެ މެދުގައި އުފެދެނީ ނަފްރަތުކަމަށް ވެސް ސަނީފް ވިދާޅުވި އެވެ.

ތިނަދޫ އައިސް ޕްލާންޓް ޖެޓީ މަރާމާތުކުރުން ފިޔަވާ އިތުރު ތަރައްގީގެ މަޝްރޫއެއް ތިނަދޫގައި މި ސަރުކާރުން ކުރިޔަށް ގެންގޮސްފައި ނުވާކަމަށްވެސް ސަނީފް ވަނީ ވިދާޅުވެފައެވެެ. އަދި އިގްތިސާދީ ގޮތުން ހުވަދޫއަށް ނަފާއާއި މަންފާ ލިބޭނެ ގޮތެއް ފެންނަން ނެތުމަކީ ހިތާމަކުރާ ކަމެއްކަމަށްވެސް ސަނީފް ވިދާޅުވިއެވެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ