logoEN
ކޮކާކޯލާ
އެފްއޭ ކަޕްގެ ސެމީގައި ޗެލްސީ އާއި ސިޓީ އަދި ލެސްޓާ އާއި ސައުތެމްޓަންގެ ކުރިމަތިލުންތަކެއް!

އެފްއޭ ކަޕްގެ ސެމީގައި ޗެލްސީ އާއި ސިޓީ އަދި ލެސްޓާ އާއި ސައުތެމްޓަންގެ ކުރިމަތިލުންތަކެއް!

އަހުމަދު މާހު

logo

3/22/2021, 9:23:13 AM

0_Leicester-City-v-Manchester-United-Emirates-FA-Cup-Quarter-Final

އެފްއޭ ކަޕްގެ ކުއާޓާރގެ މެޗްތަކުން މޮޅުވެ މެންޗެސްޓާ ސިޓީ، ސައުތެމްޓަން، ލެސްޓާ ސިޓީ އަދި ޗެލްސީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަބުޅޯ

އެވަޓަން ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ކުއާޓާރގެ 84 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަަގައިދިނީ މި ސީޒަނުގައި ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގަން އެވެ. އަދި މެންޗެސްޓާ ސިޓީގެ ދެވަނަ ގޯލު ޖަހާފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން ޑިބްރޭނާއެވެ. އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފައިވަނީ މެޗުގެ ބޮޑުބައި ލީޑުކޮއްގެން އެއްމެ ފަހުވަގުތާއި ޖެހެންދެންވެސް ކުޅެފައިވަނީ އޭނާގެ ޓީމެވެ. އެގޮތުން ސިޓީ މިހާރު އޮތީ މުޅިން ތަފާތު ފޯމެއްގައި ކަމަށާއި އެއީ ދުނިޔޭގައި މިހާރު އޮއި އެއްމެ މޮޅު ޓިމު ކަމަށާއި މިކަމާ ދެކޮޅު ހަދާނެ މީހަކު ނުހުންނާނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

އެފްއޭ ކަޕުގެ ކުއާޓާރގެ ދެވަނަ މެޗުގައި ބޯންމައުތު ދަނޑުގައި ކުޅުނު މެޗު ސައުތެމްޓަން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނިޓްގައި މޫސާ ޖެނެޕޯ ސައުތެމްޓަން އަށް ލީޑުނަަގައިދިނީ ރެޑްމަންޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ސައުތެމްޓަންގެ ދެވަނަ އަދި ތިންވަނަ ގޯލު ޖަހާފައިވަނީ ރެޑްމަންޑް އެވެ.

ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި ކުޅުނު ކުއާޓާރގެ ތިންވަނަ މެޗުގައި ޓީމުން ލީޑުނެގީ މެޗުގެ 24 ވަނަ މިނިޓްގައި ކެލެޗީ އިހެނާޗޯ ޖެހި ގޯލުންނެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އިހެނާޗޯ މި ގޯލު ޖެހީ ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑް ހެދި ގޯހަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ދެ ވަނަ ހާފް ކުޅުން ފެށިގެން ހަތް މިނިޓް ތެރޭގައި ލެސްޓާ އަށް އަލުން ލީޑުނަގައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް އެވެ. އޭގެ އިރުކޮޅެއް ފަހުން ޖޭމީ ވާޑީ އަށް ލެސްޓާގެ ލީޑުފުޅާކޮށްދޭން ލިބުނު ރަނުގެ ފުރުސަތެއްގެ ބޭނުން ނުހިފުނެވެ. ލެސްޓާ އަށް 39 އަހަރު ފަހުން އެފްއޭ ކަޕް ސެމީން ޖާގަ ކަށަވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި އިހެނާޗޯ އެވެ. މާކް އޯލްބްރައިޓަން ހިލޭ ޖެހުމަކުން ނެގި ހުރަހަކުން އިހެނާޗޯ ވަނީ ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން އަތުގައި ޖައްސާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ފަހަރުގެ ސެމީން ޗެލްސީ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގެ ފަހުމެޗުގައި މިރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެގެންނެވެ.

މިއާއި އެކު ސެމީ ފައިނަލުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިފައިވާ އިރު ލެސްޓާ ސިޓީ އާއި ވާދަކުރާނީ ސައުތެމްޓަން އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ