logoEN
cocacola
ޗައިނާގެ ވެކްސިން ޖަހާ ފަރާތްތަކަށް އެގައުމުގެ ބޯޑަރު ހުޅުވާލަނީ

ޗައިނާގެ ވެކްސިން ޖަހާ ފަރާތްތަކަށް އެގައުމުގެ ބޯޑަރު ހުޅުވާލަނީ

china

ޗައިނާގެ ވެކްސިން ޖަހާ ފަރާތްތަކަށް އެގައުމުގެ ބޯޑަރު ހުޅުވާލަން ނިންމައިފިއެވެ.

ގޮސިޔާ

ދުނިޔޭގެ 23 ގައުމެއްގައި ހުންނަ ޗައިނާގެ އެމްބަސީއިން ނެރެފައިވާ ވިސާ ޕޮލިސީގައި ވާގޮތުން އެ ގައުމުން (ޗައިނާއިން) އުފައްދާފައިވާ ކޮވިޑް-19 އިން ދިފާއުވާ ވެކްސިން ޖަހާ ފަރާތްތަކަށް ވިސާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ވިދާޅުވާ ގޮތުގައި ވެކްސިން ޖެއްސެވުމަށް ފަހު ވިސާ ދޫކުރި ނަމަވެސް އެ ގައުމަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުން ކަރަންޓިންވާން ޖެހޭނެއެވެ.

ޗައިނާގެ މި ނިންމުމާއި ގުޅިގެ ސިއްހީ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން ޗައިނާގެ އެއްވެސް ވެކްސިން ބޭނުންކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން ( ޑަބްލިއު އެޗް އޯ) ގެ ހުއްދަ ލިބިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޗައިނާގެ ވެކްސިންގެ 3 ވަނަ މަރުހަލާ އެއްކޮށް ފުރިހަމަވެފައި ނުވާކަން ވެސް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ޗައިނާގައި އުފައްދާފައިވާ ވެކްސިން މިހާރުވެސް ޗައިނާގެ 65 މިލިއަން މީހުންވަނީ ޖަހައިފައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ