logoEN
ކޮކާކޯލާ
ފްރާންސާއި ޕޮލެންޑް އަނެއްކާ ވެސް ލޮކްޑައުންއަކަށް

ފްރާންސާއި ޕޮލެންޑް އަނެއްކާ ވެސް ލޮކްޑައުންއަކަށް

އަހުމަދު ޝުރާއު

logo

3/20/2021, 3:25:28 PM

Effiel Tower - Paris Highlights

ކޮވިޑް-19 އަށް މީހުން ފައްސިވާ މިންވަރު އިތުރުވުމާ ގުޅިގެން ޕޯލޭންޑް އަދި ފްރާންސް އަނެއްކާވެސް ލޮކްޑައުން ކޮށްފި އެވެ.

އަބުޅޯ

ވެރިކަން ކުރާ ޕެރިސް ހިމެނޭ ގޮތަށް ފުރާންސްގެ 16 ސަރަހައްދަކުން 21 މިލިއަން މީހުންނަށް ވަނީ ކޮވިޑްގެ އަސަރުކޮށްފައެވެ. ޕޮލެންޑްގައި ފިހާރަތަކާއި ހޮޓާތައް ބަންދުކޮށް އަދި ސަގާފީ ކަންތައްތަކާ ކުޅިވަރުތައް ވަނީ ތިން ހަފްތާއަށް ބަންދު ކޮށްފައެވެ.

ފްރާންސް ގައި ހުކުރު ދުވަހު ފުރަބަންދު އިއުލާނު ކުރުމާއި ގުޅިގެން ވެރިކަން ކުރާ ޕެރިސް ދޫކޮށް ދާ މީހުން ވަނީ ގިނަވެފައެވެ.

ކުރީގެ ފުރަބަންދާ ތަފާތުކޮށް މިފަހަރުގެ ފުރަބަންދުގެ ފިޔަވަޅުތަށް ކުރިއާ އެއްގޮތަށް ހަރުކަޓެއް ނުވާނެއެވެ. އެގޮތުން ގެއިން ބޭރުގައި ކަސްރަތު ކުރުމަށް ވަނީ ލުއި ދީފައެވެ.

ފުރާންސްގައި 4.2 މިލިއަން މީހުން މިހާތަނަށް ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެމެރިކާގެ ޖޯންސް ހޮޕްސްކިންސް ޔުނިވަސިޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 އަށް ފައްސިވެގެން 92000 މީހުން މަރުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ