logoEN
cocacola
ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހުޅުވުމާއި އެކު ދެކުނުގެ ޓޫރިޒަމް ކުރިއަރައިގެންދާނެ: މައުސޫމް

ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހުޅުވުމާއި އެކު ދެކުނުގެ ޓޫރިޒަމް ކުރިއަރައިގެންދާނެ: މައުސޫމް

އަހުމަދު ޝުރާއު

logo

3/20/2021, 8:00:11 AM

large_160034424312tiGC

ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާއެކު ދެކުނުގެ ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރު މައުސޫމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ހުވަދޫ އެއާޕޯޓާއެކު މިހާރަށް ވުރެ ވެސް ބޮޑަށް ދެކުނުގެ ޓޫރިޒަމް ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުވެގެންދާނެ ކަމަށެވެ.

މައުސޫމް މިމޭރުމުން ވާހަކަދައްކައިފައިމިވަނީ އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހުވަދު އަތޮޅުގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ބުނުމާއި އެކު ގިނަ ބަޔެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ. މައުސޫމް އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވިދާޅުވީ ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް މިހާރަށް ވުރެ ރަނގަޅަށް ހިންގުން ކަމަށާއި އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކާއެކު ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހުރުމަކީ ޓޫރިޒަމް ދާއިރާގެ ކުރިމަގަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިއާއި އެކު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރުވެސް ވަނީ މައުސޫމްއަށް ހޫނު ރައްދެއްް ދީފައި އެވެ. އެގޮތުން ސަނީފް ވިދާޅުވިގޮތުގައި މިނިސްޓަރ ކޮންމެވެން އެހެން ކަމަމާއި އުޅުމަށާއި ހުވަދޫއާއި ގުޅުވައިގެން އެގޮތަށް ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ. މިގޮތަށް ކުރެވޭ ކޮންމެ ކަމެއްގައި ހުވަދު އަތޮޅުގެ ރައްޔިތުންގެ ނަން ބޭނުންކޮށް، ގުރުބާން ކަންބަޅިތަކަކަށް ހުވަދޫ ރައްޔިތުން ނެހެދުމަށް ސަނީފް ވަނީ މިނިސްޓަރ މައުސޫމަށް ގޮވާލާފައެވެ.

ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅުމަށް ނިންމާފައިވީ ނަމަވެސް އެ އެއާޕޯޓު އަޅާނެ ރަށެއް އަދި ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

ހުވަދު އަތޮޅުގައި މިހާރު ވެސް ތިން އެއާޕޯޓް އޮވެއެވެ. އެގޮތުން ކޫއްޑޫ އާއި ކާޑެއްދޫގެ އިތުރުން މާވަރުލުގައި އެއާޕޯޓް ހިންގަމުންދާއިރު މި އަތޮޅުގައި ޓޫރިޒަމް އަންނަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ