logoEN
cocacola
ގޭތެރޭގައި ހުރި ފެންގަނޑަކަށް ދިރޭ މިޔަރުތަކެއް އަޅައިގެން އުޅުނު މީހަކު ޖޫރިމަނާކޮށްފި

ގޭތެރޭގައި ހުރި ފެންގަނޑަކަށް ދިރޭ މިޔަރުތަކެއް އަޅައިގެން އުޅުނު މީހަކު ޖޫރިމަނާކޮށްފި

210318132924-shark-trafficking-ny-file-exlarge-169

ގޭތެރޭގައި ހުރި ފެންގަނޑަކަށް ދިރޭ މިޔަރު އަޅައިގެން އުޅުނު އެމެރިކާ މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ގޮސިޔާ

އެމެރިކާގައި ދިރިއުޅޭ 40 އަހަރުގެ ޖޯޝުއާ ސެގުއިން ނަމަކަށް ކިޔާ މި މީހާ ޖޫރިމަނާ ކޮށްފައިވަނީ 5000 ޑޮލަރުންނެވެ. އެ ސްޓޭޓުގެ އެޓާނީ ޖެނެރަލް ނެރެފައިވާ ބަޔާނުގައި ވާގޮތުން ޖޯޝުއާ އުޅުނީ އެ މިޔަރުތައް ވިއްކުމަށެވެ.

އޭނާ ވިއްކަން އުޅުނު ވައްތަރުގެ މިޔަރަކީ އޭނާ ދިރިއުޅޭ ސްޓޭޓްގައި ހިމާޔަތްކޮށް އަދި ގެންގުޅުމަށް ވަކި ޚާއްސަ ލައިސެންސެއް ނަގަންޖެހޭ މިޔަރެކެވެ. މި ވައްތަރުގެ މިޔަރަށް ކިޔަނީ ސޭންޑް ބާރ ޝާރކްއެވެ. އޭނާ މި ވައްތަރުގެ 7 މިޔަރު ވިއްކަން އުޅުނުކަމަށް އެޓާނީ ޖެނެރަލްގެ ބަޔާނުގައި ވެއެވެ.

މީގެ ކުރިންވެސް އޭނާ ވަނީ ހަމަ މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ ލައިސެންސަކާއި ނުލައި ކާރު ދުއްވުމުގެ އިތުރުން އޭނާ ދުއްވި ކާރުން ކުދި މިޔަރުތަކެއް ފެނުމާއި ގުޅިގެންނެވެ.

ޖޯޝުއާ ބުނިގޮތުގައި އޭނާއަކީ މިޔަރު ވިއްކުމުގެ ވިޔަފާރި ކުރާ މީހެކެވެ. އެގޮތުން އޭނާ މިޔަރުތައް ވިއްކަނީ މަސްވިއްކާ ވެބްސައިޓެއްގައި ޖަހައިގެން ކަމަށް އޭނާ ބުންޏެވެ. ފުލުހުން އޭނާގެ ގެ ބަލާ ފާސްކުރިއިރު މަރުވެފައިވާ މިޔަރުތަކެއްވެސް ފެނުނުކަމަށް ވަނީ ބުނެފައެވެ.

އޭނާގެ ގެއިން ފެނުނު ހުރިހާ ދިރޭ މިޔަރުތައް މިހާރު ތިބީ ރައްކާތެރިކަމާއެކު ނިއުޔޯކް އެކުއޭރިއަމްގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ