logoEN
cocacola
ރާއްޖޭގެ ފުރަތަމަ ޑޭޓާ ސެންޓަރު އުރީދޫން ތައާރަފްކޮށްފި

ރާއްޖޭގެ ފުރަތަމަ ޑޭޓާ ސެންޓަރު އުރީދޫން ތައާރަފްކޮށްފި

އަހުމަދު ޝުރާއު

logo

3/19/2021, 11:00:02 AM

161740404_10158651017226939_1009292974252993404_o

ރާއްޖޭގެ ފުރަތަމަ ޑޭޓާ ސެންޓަރު, އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފި އެވެ.

ގޮސިޔާ

އުރީދޫއިން އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްުޔާތެއްގައި މިކަން އުރީދޫއިން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައި އެވެ. އުރީދޫން ލޯންޗުކުރި މި ސެންޓަރު ތަޖުރިބާކޮށް ބަލައިލުމަށް ޑެމޯ ރޫމްއެއްވެސް މިހާރު ވަނީ ގާއިމްކޮށްފައި އެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ހުޅުމާލޭގައި ގާއިމު ކޮށްފައިވާ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު (އޯއެމްޑީސީ) އަކީ ކުންފުނިތަކުގެ ޑިޖިޓަލް ހިދުމަތް ދިނުމުގައި، އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަނާއި ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާ އެކު ރައްކާތެރިކަން ފޯރުކޮށްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެކެވެ.

undefined

އަދި މި ސެންޓަރުގެ އެހީގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ކުންފުނިތަކާއި ސަރުކާރު އަދި ޓޫރިޒަމް ދާއިރާގެ ހިދުމަތްތައް ފުޅާކޮށް ފަސޭހަވާނެ ކަމަށް އުރީދޫން ބުނެއެވެ.

މި ސެންޓަރުން ޑޭޓާ ކޯލޮކޭޝަން، ފުލް ރެކް ނުވަތަ ޝެއާޑް ރެކް ސްޕޭސް އާއި ރޭޓަޑް ޕަވާ އެންޑް ކޫލިން އާއި ރިމޯޓް ހޭންޑްސް ސަޕޯޓް ޑޭޓާ ސެންޓާ މެނޭޖްޑް ހޮސްޓިންގެ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ޑެޑިކޭޓަޑް ޔުޓިލިޓީ ހޮސްޓިން އާއި ޑިޒާސްޓާ ރިކަވަރީ އެންޑް ބެކަޕް އާއި މެނޭޖްޑް އިންފްރާސްޓްރަކްޗާ މޮނިޓަރިންގެ ހިދުމަތް ވެސް ލިބޭނެ އެވެ.

undefined

މި ޑޭޓާ ސެންޓަރު ހަދާފައިވަނީ ކަސްޓަމަރުންނަށް އެންމެ ރައްކާތެރިކަމާ އެކު ޑޭޓާ ސްޓޯ ކުރުމާއި ލިބިގަތުމުގެ ފަސޭހަ މާހައުލަކާ އެކު އެވެ. އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުން ފަދަ ކާރިސާތަކުން ގެއްލުންތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކާ އެކު ޑީސަލް ޕަވާ ޖެނެރޭޓަރުތައް ވެސް ވަނީ މި ސެންޓަރުގައި ބަހައްޓައިފަ އެވެ. ކަރަންޓްގެ ކުއްލި ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސެންޓަރުގެ ޕަވާ ބެކަޕް މެދުވެރިކޮށް 14 ދުވަހު ހިދުމަތް ފޯރުކޮށްދޭނެ އެވެ.

ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ބޮޑެތި ކުންފުނިތަކުގެ އޮޕަރޭޝަނަށް ބޭނުންވާ މިފަދަ ޑޭޓާ ސެންޓަރެއް އަމިއްލަ އަށް ގާއިމްކޮށް، ބެލެހެއްޓުމަކީ ބޮޑެތި ހަރަދުތަކެއް ހިގާނެ ކަމެކެވެ. އެހެންކަމުން ޑޭޓާ ސެންޓަރުތައް ދަނީ ވިޔަފާރިތަކުގެ ޑޭޓާ ސާވާތައް ރައްކާތެރިކަމާއި އިތުބާރާ އެކު ހޮސްޓު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ