logoEN
cocacola
ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް

ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް

އަހުމަދު ޝުރާއު

logo

3/19/2021, 8:00:10 AM

283909_3_ceae9a3828cd80ab7c3147870689379d99a71c9e_medium

އައްޑޫގެ އިތުރުން ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް މިހާރަށް ވުރެ ރަނގަޅަށް ހިންގުން ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ކާމިޔާބު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރަން ފޭދޫ ހިއްކި ބިމުން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް މިހާރަށް ވުރެ ރަނގަޅަށް ހިންގުން ކަމަށާއި އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކާ އެކު ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހުރުމަކީ ޓޫރިޒަމް ދާއިރާގެ ކުރިމަގަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރާނީ ފުވައްމުލަކާއި ހުވަދު އަތޮޅު ވެސް ހިމެނޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދު 8،000 އަށް އިތުރުކޮށް، ފުވައްމުލަކާއި ހުވަދޫ ހިމެނޭ ގޮތަށް ދެކުނުގެ ޓޫރިޒަމް ވާނީ ރާއްޖޭގެ އެންމެ މަގުބޫލު އެއް މަންޒިލަށެވެ.

"ޑެސްޓިނޭޝަން ވިތިން ޑެސްޓިނޭޝަންއެއް" ގެ ގޮތުގައި ސިފަކުރައްވާ މިނިސްޓަރު ވިދާޅުވިގޮތުގައި މި ސަރަހައްދުގެ ޓޫރިޒަމާ މެދު ބޮޑެތި އުންމީދުތަކެއް ހުރީ ގުދުރަތީ ގޮތުންނާއި ވަސީލަތްތަކުގެ ތަފާތު ސިފަތަކެއް ހުރެފައި މުއްސަނދި ސަގާފަތެއް ވެސް އޮތް ތަނަކަށް ވުމާ އެކު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ