
ރޮބިންސަން ކްލަބް މޯލްޑިވްސްގެ ސްޓާފުންތަކެއް ކޮވިޑް-19 އަށް ފައްސި ވެއްޖެ
ހުވަދު އަތޮޅުގެ ރިސޯޓެއް ކަމަށްވާ ރޮބިންސަން ކްލަބް މޯލްޑިވްސްގައި ވަޒީފާ އަދަާކުރާ 3 މުވައްޒިފަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

“ ގާފު “ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސި ވެފައިވަނީ އެރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ 3 ދިވެހިންނެވެ.
ރޮބިންސަން ކްލަބް މޯލްޑިވްސްއިން 3 މީހަކު ކޮވިޑަ-19 އަށް ފައްސިވިކަން ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީކަށަވަރުކޮށްދީފައި އެވެ.
އަދި ކޮވިޑަށް ފައްސިވި ބަޔަކު ގދ ތިނަދޫއަށް ދަތުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ފައްސިވި މީހުންގެ ކޮންޓެކް ޓްރޭސިންގ ގެ މަސައްކަތްއެހޮސްޕިޓަލުން ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ދެއެވެ.
އިތުރު ތަފްސީލް އަންނަނީ ...