logoEN
Sto top
ފުލުހުންގެ ފާރަ ގެމައިގެ " ޝަކީރާ " މަރުވެއްޖެ

ފުލުހުންގެ ފާރަ ގެމައިގެ " ޝަކީރާ " މަރުވެއްޖެ

އަހުމަދު ޝުރާއު

logo

3/18/2021, 1:34:27 PM

large_161605548855Tgfp

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ފުލުހުން ބޭރުން ގެނައި ކުއްތާ، "ޝަކީރާ" މިއަދު މަރުވެއްޖެ އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި "ޝަކީރާ" މަރުވީ މިއަދު މަރުވީ ބަލިވެ އުޅުމަށް ފަހު ކަމަށެވެ. އަދި މީގެ ކުރިން އެހެން ކުއްތާއެއްވެސް މަރުވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ ފާރަ ގެމައަަށް (ޑޮގް ސްކޮޑަށް) 17 ކުއްތާ ގެނައެވެ. ޝަކީރާއެކު ދެ ކުއްތާ މަރުވުމުން މިހާރު ފުލުހުންގެ ފާރަ ގެމައިގައި ތިބީ 15 ކުއްތާއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ވަރުގަދަކުރުމަށް ފާރަ ގެމަ އުފައްދައި، ކުއްތާތައް ގަނައުމުގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ފުލުހުން ވަނީ ކުއްތާތައް ރާއްޖެ ގެނައުމަށްފަހު، ފޮޓޯ އާންމުކޮށް އެ ކުއްތާތަކަށް ނަންދީފައެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަމެއް ހޯދީ ހުދު ކުލައިގެ ޝަކީރާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside