logoEN
cocacola
ޗެމްޕިއަންސް ލީގް : ބަޔާންވެސް ކުއާޓާއަށް

ޗެމްޕިއަންސް ލީގް : ބަޔާންވެސް ކުއާޓާއަށް

އަހުމަދު ޝުރާއު

logo

3/18/2021, 1:23:10 PM

2747

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުންވެސް ލާޒިއޯ ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފަހު ޖާގަ ޖަރުމަނުގެ ބަޔާން މިއުނިކް ހޯދައިފި އެވެ.

ގޮސިޔާ

ފަހު ލެގުގައި ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ލާޒިއޯގެ މައްޗަށް ބަޔާން ކުރިހޯދީ 2-1 ންނެވެ. ލާޒިއޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 4-1 ގެ ނަތީޖާ އަކުން ބަޔާން ކާމިޔާބު ކޮށްފައިވުމާއެކު، ދެ ލެގުގެ އެގްރިގޭޓުން ބަޔާން އަށް ކުރި ލިބުނީ 6-2 ންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ބަޔާން އަށް ކުރިހޯދައިދިނީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. އަދި ދެވަނަ ހާފުގައި 73 ވަނަ މިނިޓުގައި ބަޔާންގެ އެރިކް މެކްޒިމް ޗޫޕޯ-މޯޓިންގ އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. ލާޒިއޯ އަށް ސުން ކަނޑުވާލަދިނީ 82 ވަނަ މިނިޓުގައި މާކޯ ޕެރޯލޯ އެވެ.

ބަޔާންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑާއި، ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ), ސްޕެއިންގެ ރެއާލް މެޑްރިޑާއި، ޕޯޗުގަލްގެ ޕޯޓޯގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގުގެ ތިން ކްލަބު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓަރ ސިޓީގެ އިތުރުން ލިވަޕޫލް އެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ 19 ފަހަރު ހޯދައި ބަޔާން އިން ވަނީ، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މުބާރާތުގެ ކުއާޓަރ ފައިނަލުން އެންމެ ގިނަ ފަހަރު ޖާގަ ހޯދި ކްލަބުގެ ރެކޯޑް ހަދާފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ގުރުނެގުން އޮންނާނީ ހުކުރު ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ