އިންތިހާބަށް ރިސޯޓުތަކުން އޮބްޒާވަރުން ހޯދަނީ

ރިސޯޓުތަކުގެ ވޯޓުލާ މަރުކަޒު ތަކުގައި އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން ބޭނުން ފަރާތް ތަކުން ހުއްދަ އަށް އެދި ފޯމު ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

ރިސޯޓުތަކުގެ އިތުރުން ސިނާއީ ސަރަހައްދުތަކާއި ޖަލު ތަކުގެ ވޯޓުލާ މަރުކަޒުތަކަށްވެސް އޮބްޒާވަރުންނާއި މޮޮނީޓަރުން ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައި އެވެ.

އޮބްޒާވަރުނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ސިނާއީ ސަރަހައްދުތަކުގެ އިތުރުން ޖަލުތަކުގައި ވެސް ހަރަކާތްތެރި ވާނީ ކުރިން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ފަރާތް ތަކެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކުގެ އިތުރުން ޖަލުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުން ފަރާތްތައް އެކަން ބަޔާންކޮށް ސިޓީއެއް ހުށަ ހަޅަން ޖެހޭނެ ކަމަށެވެ. އެ ސިޓީގައި އެ ފަރާތެއްގެ ނަމާއި އައިޑީކާޑު ނަންބަރާއި ހައިސިއްޔަތު (އޮބްޒާވަރެއް، މޮނިޓަރެއް، މަންދޫބެއް)ގެ އިތުރުން ގުޅޭނެ މޯބައިލް ނަންބަރު ހިމަނަން ޖެހޭނެ އެވެ. އަދި މި މަހުގެ 23 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޮމިޝަނަށް ފޮނުވަން ޖެހޭނެ އެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ފަސް ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަންވެސް އީސީން ވަނީ ނިންމާފަ އެވެ. ވޯޓުފޮށި ނުބަހައްޓަން ނިންމީ ކިހާ މޯލްޑިވްސް އާއި ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ އާއި ބްރެނިއާ ކޮއްޓެފަރު އާއި ޑްރިފްޓް ތެލުވެލިގާގެ އިތުރުން ޑްރިފްޓް ތެލުވެލިގާގަ އެވެ. މި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އަލުން ރެޖިސްޓާ ކުރުމުގެ ފުރުސަތު ވެސް އީސީން ވަނީ ހުޅުވާލާ ފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް