logoEN
Sto top
8000 ފަރާތަކަށް އަލުން ރީރަޖިސްޓަރ ވުމުގެ ފުރުސަތު ދީފި

8000 ފަރާތަކަށް އަލުން ރީރަޖިސްޓަރ ވުމުގެ ފުރުސަތު ދީފި

Admin

logo

3/18/2021, 12:10:07 PM

EC Shareef

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓަރ ކުރެވުނު 8000 ފަރާތަކަށް އަލުން ރީ-ރެޖިސްޓަރ ވުމުގެ ފުރުސަތު އެ ކޮމިޝަނުން ދޭން ނިންމައިފިއެވެ.

Wamco

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ރީ-ރެޖިސްޓަރ ކޮށްފައިވާތީ 8000 މީހުންނަށް އަލުން ރެޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައި ވާ ކަމަށެވެ. އަދި މި ފަރާތްތަށް އަލުން މިހާރު ރެޖިސްޓަރ ކޮއްފައިވާ ތަން ނޫން އެހެން ތަނެއްގައި ރެޖިސްޓްރީ ވުމަށް މި ހަފްތާގައި ހުޅުވާލާނޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

View post on Twitter

ކޮވިޑް 19 ގެ ސަަބަބުން އެތައް ފަހަރެއްގެ މަތިން ފަސް ކުރެވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށެވެ.

މިފަހަރު ގިނަ ރިސޯޓުތަކެއްގައި ވޯޓު ލެވޭނެ އިންތިޒާމް ގާއިމްކުރުމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside