ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ފެސިލިޓީގަައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ - ފޮޓޯ: ޕީއެސްއެމް

ކޮވިޑް19 ޖެހިގރން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މިރޭ ނިޔާވެފައިވަނީ އުމުރުން 72 އަހަރުގެ ފިރިހެނެކެވެ.  އަދި އޭނާ ކޮވިޑަށް ފައްސިކަން އެނގުނީ ނިޔާވި ފަހުން ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެމީހާ ނިޔާވެފައިވަނީ މިއަދު ހަވީރު އައިޖީއެމްއެޗްގެ އިމަޖެންސީ އަށް ގެންގޮސް އެ ހޮސްޕިޓަލްގެ އީއާރު ގައި ފަރުވާދެމުން ދަނިކޮށް މިއަދު އިރުއޮއްސި 06:36 ހާއިރު އެވެ.

މިރޭ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 45 އަށް އަރާފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް