logoEN
WAMCO TOP 1
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

އަލްފާ އަލީ

logo

1/23/2024, 10:09:46 AM

ސްޓެލްކޯ| Stelco

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

THE TRAVELLER AD

ސްޓެލްކޯއިން ބުނީ، ކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، މާފަންނުގެ ޖަވާހިރުމަގުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ވަގުތީ ކޭބަލެއް އަޅައި އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ ހަވީރީ ގޯޅިއާއި، ކެނެރީ ގޯޅި އަދި ފިޔާތޮށިމަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 9:30 އިން 12:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.

ކަރަންޓު ކެނޑިމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC