logoEN
WAMCO TOP 1
އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށްފި

އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށްފި

އަލްފާ އަލީ

logo

1/21/2024, 1:07:09 PM

img_md_202105310135291622450129.6234

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ދިން ހުއްދަ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

THE TRAVELLER AD

ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކެކެވެ.

އަހުމަދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ވަގުތީގޮތުން އެ ޕާސްޕޯޓު ދޫކޮށްލުމަށް ޢަމުރުކޮށްފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފައެވެ.

ހައިކޯޓުގެ ނިންމުމާއި މެދު ހިތްހަމަނުޖެހުމުން ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެމައްސަލަ އާއި ގުޅިގެން މިއަދު ސުޕްރީމް ކޯޓުން ވަނީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލުމަށާއި އޭނާ ރާއްޖެއިން ބޭރަށްދާން، ކުރިމިނަލް ކޯޓުން ކުރި އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައެވެ.

މި ހުކުމް ކުރީ ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު އައިޝަތު ޝުޖޫނާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސޫދުގެ އިއްތިފާގުންނެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ.

ކޮމެންޓް
ފަހުގެ
HDC