logoEN
cocacola
އެނަމާ ކާރިސާގައި ނިޔާވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވުމަށް ކުރިޔަށް ގެންދެވުނު ބައެއް ހަރަކާތްތަށް

އެނަމާ ކާރިސާގައި ނިޔާވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވުމަށް ކުރިޔަށް ގެންދެވުނު ބައެއް ހަރަކާތްތަށް

އަހުމަދު ޝުރާއު

logo

3/17/2021, 5:40:24 PM

dwqe

މި ލިޔުމަކީ އެނަމާ ކާރިސާގައި ނިޔާވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވުމަށް ކުރިޔަށް ގެންދެވުނު ބައެއް ހަރަކާތްތަކުގެ ނަމުގައި ގަލަހެރި ވެބްސައިޓުގައި ޝާއިރު ކޮށްފައިވާ ލިޔުމުން ލިބުނު މައުލޫމާތުގެ މައްޗަށް ޝާއިރުކުރެވިފައިވާ ލިޔުމެކެވެ.

ގޮސިޔާ

އެނަމާ ކާރިސާގައި ނިޔާވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވުމަށް އެނަމާ ފަންޑުގެ ނަމުގައި 5 އަހަރުދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާގޮތަށް ދިވެހި ސަރުކާރުގެ ފަރާތުން ހައިރާތު ފަންޑެއް ހުޅުވިއެވެ.

ބޭންކް އޮފް މޯލްޑިވެސްގެ ތިނަދޫ ގޮފީގައި ހުޅުވި މިހައިރާތު އެކައުންޓުގެ ނަމްބަރަކީ (170304) 003 -411201-7710 އެވެ. މިފަންޑަށް 2006 ވަނައަހަރުގެ ފެބްރުއަރީމަހާ ހަމައަށް 2.4 މިލިޔަން ރުފިޔާލިބިފައިވެއެވެ.އަދި 2005 ޑިސެމްބަރުގެ ނިޔަލަށް 1.8 މިލިޔަން އަދި 2006 ގެ ފެބްރުއަރީމަހުގެތެރޭގައި 216000 ރުފިޔާ އެއާއިލާތަކާ ހަވާލުކުރެވިފައިވެއެވެ.

21 މާރޗް 2004 ވަނަދުވަހުގެ ރޭ މާލޭ އަލިމަސް ކާނިވަލުގައި ޒީރޯޑިގްރީ އެޓޯލް އިން އިސްނަގައިގެން ބޭއްވި މިއުސިކް ޝޯ އަކުން ލިބުނު 27160.65 ދިވެހި ރުފިޔާ މިފަންޑަށް ހަދިޔާކޮށްފައިވެއެވެ. އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މިފަންޑަށް 5 ލައްކަ ރުފިޔާގެ އެހީއެއް ވެފައެވެ.

ދިވެހިރާއްޖެގެ ފުރަތަމަ ޑިވިޒަނުގެ 6 ފުޓުބޯޅަޓީމަކުން އިސްނަގައިގެން އެ އާއިލާތަކަށް އެހީތެރިވުމަށް ފުޓުބޯޅަމެޗެއް 2004 ވަނައަހަރު މާޗްމަހުގެތެރޭގައި ބާއްވާފައިވެއެވެ.މެޗުގައި ބައްދަލުކުރީ ފުރަތަމަ ޑިވިޝަނުގެ 6 ޓީމުން ހޮވާލެވިފައިވާ ޓީމަކާއި ރާއްޖޭގެ ޓީމުތަކަށް ކުޅޭ ބިދޭސީންގެ ޓީމެކެވެ. މިމެޗުގެ ދެޓީމުގެ ކުޅުންތެރިންގެ ޖާޒީގެ ކުރިމަތި 50،000ރުފިޔާއަށް ، އަދި ފަހަތް 40،000 ރުފިޔާއަށް އަދި ކޮންމެއަތެއް 10،000 ރުފިޔާއަށް ސްޕޮންސަރ ކުރެވިފައިވިއެވެ. އަދި މެޗުގެ ރެފްރީންނާއި އޮފިޝަލުންގެ ޖޯޒީ ދިވެހި ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ސްޕޮންސަރކުރިއެވެ. މީގެއިތުރުން މިމެޗު ހިނގަމުންދިޔައިރު ގަލޮޅު ރަސްމީ ދަނޑުގައި ވަނީ ހައިރާތުފޮށި ބަހަޢްޓާފައެވެ. މިހުރިހާ ފައިސާއެއްވެސް ވަނީ އެނަމާ ފަންޑަށް ޖަމާކުރެވިފައެވެ.

މިކާރިސާގައި ނިކަމެތިކަން ލިބުނު އާއިލާތަކަށް އެހީތެރިވުމަށް ގދ.ތިނަދޫ މަސްވެރިންނާއި އޮޑިވެރިން އިސްނަގައިގެން (ޖުމްލަ 14 ދޯނި)27 މާރޗް 2004ން ފެށިގެން ވިދވިދިގެން 3 ދުވަހު މަހަށްގޮސް އެމީހުން އެއްކުރިފައިސާ އާއިލާތަކަށް ދީފައިވެއެވެ.މިއާއިލާތަކަށް އެހީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުންޏެއްކަމަށްވާ ދިރާގުގެ ފަރާތުން 3 އޭޕްރިލް 2004ގައި ދޮޅުލައްކަ ރުފިޔާގެ އެހީއެއް ވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ