logoEN
Sto top
ދޫނިދޫގެ ކަރަންޓު ނިޒާމު އަޕްގޭޑުކުރަން މަޝްވަރާކޮށްފި

ދޫނިދޫގެ ކަރަންޓު ނިޒާމު އަޕްގޭޑުކުރަން މަޝްވަރާކޮށްފި

އައިޝަތު އިފާޝާ

logo

1/17/2024, 6:20:44 PM

GD9RxZNa8AAWXUD

ދޫނިދޫ ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއާއި ފުލުހުންގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.

Wamco

މިބައްދަލުވުމާއި ގުޅެގޮތުން ސްޓެލްކޯއިން ބުނީ، ފުލުހުންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލްވުމުގައި ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހަދައި، އެ ސިސްޓަމް އަޕްގްރޭޑް ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

މި ބައްދަލްވުމުގައި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުންވާހަކަ ދައްކާ މަޝްވަރާކުރެއްވިކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އެކުންފުނިން ވަނީ ކަރަންޓު ކެނޑޭ ވަގުތުތަކުގައި އެކުންފުންޏާއި ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

އަދި ފުލުހުންގެ އިންޖީނިއަރުންނަށް ސްޓެލްކޯ ކުންފުނީގައި ޖޮބް އެޓޭޗްމަންޓް ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން ވެސް މިބައްދަލްވުމުގައި ވާހަކަ ދައްކާފައިވެއެވެ.

ދޫނިދޫއަކީ އެކި ކުށްތަކުގައި ޖަލަށް ލާފައިވާ މީހުންނާނާއި ބަންދު މީހުން ބައިތިއްބާ އެއް ރަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside