logoEN
cocacola
"ނާޒުކު ލޯބި ދިޔައިމާ ރުއިމޭ"

"ނާޒުކު ލޯބި ދިޔައިމާ ރުއިމޭ"

# އެނަމާ ބޯޓް

7B08E5C4-7350-4CBA-B1A5-0698671F0AB5

އެހެން ދުވަސްތަކެކޭވެސް އެއްފަދައި އެދުވަހަކީވެސް ހަމަ އާދައިގެ ދުވަހެކެވެ. އުޑުމަތި ރީތި, ހޫނު, ނަލަ ދުވަހެކެވެ. ކަނޑުގެ ރާޅުބާނި މަޑު އޮމާން ދުވަހެކެވެ. ރަށު ތެރޭގައި އޮތީ ހުސް ޖޯޝެވެ. އޭރު ކުރިއަށްދިޔަ ފުޓްބޯޅަ ބޮޑު މުބާރާތުގައި ރަށު ޓީމަށް ފައިނަލުގައި ޖާގަ ލިބުމުން އެކަމުގެ ޖޯޝުގައެވެ. އެއީ ފުޓުބޯޅައަށް ގދ. ތިނަދޫ ރައްޔިތުން މަރުދިން ދުވަސްވަރެވެ.

ގޮސިޔާ

ކުޑައެއް ބޮޑެއް ކިޔޭކަށް ނެތެވެ. އެކުވެރިކަމާއެކު ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދިނުމަށްޓަކައި ރަށުގެ ކުދި ބޮޑު ގިނަ މީހުން "އެނަމާ"ގައި ދަތުރުފެށީ ގއ. ވިލިނގިއްޔާއި ދިމާލަށެވެ. ރަށު ޓީމަށް ސަޕޯޓުކޮށް ޓީމަށް އެއްވަނަ ހޯދައިދިނުމަށެވެ. ބޯޓުގައިވެސް އޮތި ފޯރި ނެގުމެވެ. އެއްބަޔަކު ލަވަ ކިޔުމުގައި އުޅުނު އިރު، އަނެއްބަޔަކު ތިބީ އޮލަ ވާހަކައިގައެވެ. އެކި މީހުން އެކި ކަންކަމުގައިއެވެ. ބޯޓު ތެރޭގެ މާހައުލުވެސް އުފާވެރިއެވެ. ހަމަ ފޯރިއާއި ޖޯޝުގައެވެ.

ރަށުންބޭރަށް މެޗު ބެލުމަށްޓަކައި ދިޔަ ތިނަދޫގެ ރައްޔިތުންނަށް މޮޅިވެރިކަން ގެނުވީ މެޗުން ރަށު ޓީމު ބަލިވުމުންނެވެ. ރަނަރަޕް ޓީމުގެ ލަގަބާއި އެކު ގއ. ވިލިނގިލިން "އެނަމާ" ނައްޓާލީ އެދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. ކުރިން އޮތް ފޯރި ނެތްކަމުގައި ވިޔަސް، ކޮންމެވެސް ވަރަކަށް ބޯޓު ތެރޭގައި މީހުން ފޯރި ނަގާހެދިއެވެ. ބަލިވުމުން ވީ ދެރަ ހަނދާން ނައްތާލުމަށެވެ. ކަނޑުވެސް މަޑު، އޮއިވަރުވެސް މަޑު ރެއަކަށް ވުމުން، ކަމެއް ބޯމަތިވެދާނެ ކަމުގެ އެއްވެސް އިހުސާސެއް ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ނެތެވެ. ދަތުރު ބަލިކަމާއިއެކު، އެކި މީހުން އެކި ތަންތަނުގައި އޮށޯވެލައިގެން ތިބިއިރު، އަނެއް ބަޔަކު އެކީ މީހުންނަށް އެހީވުމުގައި ތިއްބެވެ.

އިޝާ ނަމާދު ވަގުތުހާ އިރެވެ. އޮމާން ދަތުރުގެ މިސްރާބު ކުއްލިއަކަށް ބަނަކޮށްލީ ބޯޓާ ކައިރިން ދިޔަ ދޯންޏެއްގެ ރާޅުބާނީއެވެ. އެރާޅުބާނީގައި ޖެހި މުޅި ބޯޓު އެއްކޮށް ބަންޑުންޖަހައިލީ ފަޅި ސިކުންތެއްގެ ތެރޭގައިއެވެ. ބޯޓުގައި އެވަގުތު ގާތްގަޑަކަށް 122 މީހުން ތިބިއިރު، އެއްވެސް މީހަކު ތިބީ އެފަދަ ކަމަކަށް ތައްޔާރުވެގެންނެއް ނޫނެވެ. ނަމަވެސް، ކަނޑުމަޑު، ވައިމަޑު ރޭގެ ހަތަރު އުދަރެސް ފެނު ޖެހުނީ އެހާހިސާބުންނެވެ. ހިތްގައިމު ކަޅުފޮސް ރޭ، އިތުރަށް އަނދިރިވީ އެހާހިސާބުންނެވެ. ބޯޓުން ދަތުރު ކުރި 24 މީހަކު މި ދުނިޔެ ދޫކޮށްދިޔައިރު، ދެމީހަކު މިއަދާ ހަމައަށްވެސް ވީނުވީއެއް ނޭނގި ގެއްލުނީއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިނގައިދިޔަ ކަނޑުމަތީގެ އެންމެ ބޮޑު ކާރިޘާ "އެނަމާ" ކާރިޘާއަށްވެ ތާރީޚުގެ ތެރެއަށް ވަދެގެން ދިއުމުން އެހާދިސާއަށް ނިމުން އައީ އެއް ނޫނެވެ. އެ ކާރިޘާގެ ސަބަބުން މުޅި ތިނަދޫއަށް ގެނުވި ހިތާމަ ތަސައްވަރުވެސް ކޮށްނުލެވޭނެއެވެ. އެ ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެތަކެއް ބައެއްގެ ފުރާނައެވެ. އެތަކެއް ބައެއްގެ ލޯބިވާ މައިންނާއި ދައްތައިންނެވެ. ތުއްތު ތުއްތު މައުސޫމް ދަރިންތަކެކެވެ. އެންމެ އެކުވެރި، އެންމެ ހިތްހެޔޮ ގާތް ރަހްމަތްތެރިންނެވެ. އެންމެ ކައިރީގައި މުޅި އުމުރު ދުވަހު، ހޭދަކުރަން ބޭނުންވި ލޯބިވާ ފިރިންނާއި އަނބިންނެވެ. ގައިމުވެސް، 2004 ވަނަ އަހަރުގެ މާރިޗު މަހު 17 ވަނަ ވީ ބުދަދުވަހުގެ ރޭ މި ދުނިޔެ ދޫކޮށް 24 މީހަކު ޝަހީދުވެގެން ދިޔައީ އެންމެން ރޮއްވައިލައިފައެވެ. އަދާއި ހަމައަށްވެސް އެހަނދާންތަށް ހިތްތަކުގައި އާލާވާނޭ ފަދަ ގޮތެއްގެ މަތީންނެވެ.

އެހާދިސާ ތަޖުރިބާކުރި ޕަސިންޖަރުން އަދިވެސް އެ ހަނދާން ކުރަނީ އިއްޔެ ހިނގި ކަމެއް ފަދައިންނެވެ. ހަނދާނުން ބިންވަޅު ނެގިފައިވާ އެ ހާދިސާ އެ ފަރާތްތަކަށް އަދިވެސް ސިފަ ވެއެވެ. އެ ހާދިސާ ތަޖކުރިބާ ކުރި ބައެއް ފަރާތްތަކުން އެ ވާހަކަތައް "ގާފު"އާ ވަނީ ހިއްސާކޮށްފައެވެ. އެ ވާހަކަތައް "ގާފު"ގެ ޚާއްސަ "އެނަމާ ކަވަރެޖް" ގައި ވީޑިއޯއާއި ލިޔުންތައް މެދުވެރިކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ.

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާށި. އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި! أمين

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ