logoEN
Sto top
ތަޖުރިބާކާރު މިޑްފިލްޑާރ އަސްހަދު އަލީ އީގަލްސް އަށް

ތަޖުރިބާކާރު މިޑްފިލްޑާރ އަސްހަދު އަލީ އީގަލްސް އަށް

ashad

އޭއެފްސީ ކަޕްގައި އަލަށް ވާދަކުރަން އޮތް އީގަލްސް ޓީމް ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގެ މިހާތަނައް އުފެދުނު އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެޓީމުގައި ހިމަނައިފި އެވެ.

Wamco

އުމުރުން 34 އަހަރުގެ މިޑްފިލްޑަރުގެ ސޮއި އީގަލްސްއިން ހޯދައިފައިވާއިރު އޭނާ މިހާރު އަންނަނީ އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އަޑުބަރޭ އިގްލްސް އާއި ގުޅުފައިވަނީ މިސީޒަނުގެ ނިޔަލަށެވެ. އެންމެފަހުން އަޑުބަރޭ ކުލަބަކަށް ކުޅެފައިވަނީ 2018 ވަނަ އަހަރު ކުލަބް ގްރީންސްޓްރީޓްސް އަށެވެ. ނަމަވެސް އޭނާ ކުޅުމާއި ދުރަށް ދާން ޖެހުނީ އަނިޔާއާއި ގުޅިގެންނެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅޭ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި ވާދަކުރަން ޖެހޭ ޓީމަކީ ބޫޓާނުގެ އެއްވަނަ ޓީމު ކަމަށްވާ ތިމްޕޫ ސިޓީ އެފްސީއެވެ. ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހަށެވެ. އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރު އެފްސީއާއި އެވެ. މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގެ ބާކީ މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން ރާއްޖޭން ކުރި ބިޑް ކާމިޔާބުކޮށް އޮކްޓޫބަރު މަހު މެޗުތައް ކުޅެން ޝެޑިއުލް ނެރުނުއިރު މާޒިޔާ އިން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ. އޭރު އަސްހަދު ވަނީ މާޒިޔާއާ އެކު ޕްރެކްޓިހަށް ނުކުމެފަ އެވެ. އެކަމަކު އޭއެފްސީން ފަހުން މިދިޔަ އަހަރުގެ މުބާރާތް ކެންސަލުކުރަން ނިންމުމާއިއެކު މާޒިޔާއިން އަސްހަދު ގެންނަން ވާހަކަ ނުދައްކަ އެވެ.

އީގަލްސްއަކީ ފުރަތަމަ ޑިވިޝަނުގައި އަޑުބަރޭ ކުޅޭނެ ހަވަނަ ޓީމެވެ. އެގޮތުން ކުލަބު ވެލެންސިއާއިން ކެރިއަރު ފެށި އަޑުބަރޭ ވަނީ ގްރީން ސްޓްރީޓްސްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބު، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާއަށްވެސް ކުޅެފައެވެ. މީގެ ތެރެއިން ނިއު ރޭޑިއަންޓުން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި މާޒިޔާއާއެކު އަޑުބަރޭ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި، 2016 ވަނަ އަހަރުގެ ދިވެހި ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside