logoEN
cocacola
ފައިދާ ނުވާ ދައުލަތުގެ ކުންފުނިތަކާމެދު ގޮތެއް ނިންމަނީ

ފައިދާ ނުވާ ދައުލަތުގެ ކުންފުނިތަކާމެދު ގޮތެއް ނިންމަނީ

އަލްފާ އަލީ

logo

1/14/2024, 7:57:41 PM

337341_df7cd5ca-6_

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ، އަދި ހިންގުމުގައި ދައުލަތުން ޚަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ސިޔާސަތުތައް ކަނޑައެޅުއްވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ގޮސިޔާ

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތިކުރެވޭ އުސޫލު މުރާޖާކޮށް، ވަކިވަކި ކުންފުނިތަކަށް ޚާއްޞަ ކީ ޕަރފޯމަންސް އިންޑިކޭޓަރސް (ކޭ.ޕީ.އައި.) ކަނޑައެޅުން ހިމެނެއެވެ. އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް މިއަދު ނިންމެވިއެވެ.

މީގެ އިތުރުން އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމެވިއެވެ. މީގެ އިތުރުން އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކުންފުނިތައް ހަރުދަނާކުރުމަށް އަންނަ 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ ހަމައަށް ފުރުޞަތުދީ އެމުއްދަތުގެ ތެރޭގައިވެސް ނަތީޖާ ނުނެރެވޭނަމަ އެފަދަ ކުންފުނިތައް އަލުން އެކުލަވައިލުން، އެއްކޮށްލުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިހުރުމަށް ހައްލެއް ގެނައުމުގެ ގޮތުން، މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނިކަމަށްވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ އިތުރުން، އައު ކުންފުންޏެއް އުފެއްދުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ދަޢުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ޚަރަދެއްކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތައް އެކަށައެޅުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.

ދިރާސީ އައު އަހަރު ދިވެހި ޤައުމިއްޔަތުގެ މާއްދާ ކިޔަވައިދޭން ފެށުން

މީގެ އިތުރުން ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިންމުންތައް ނިންމަވާފައިވެއެވެ. އެގޮތުން ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ތަޢުލީމީ މަންޙަޖުގައި ހިމަނައިގެން އަންނަ ދިރާސީ އަހަރު އެ މާއްދާކިޔަވައިދޭން ފެށުން ހިމެނެއެވެ.

އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމަށް މުހުލަތެއް ދެއްވުން

މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޢުލޫމާތު އެރުވި އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 11 ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި، އަދި މިއަދު ކުރިޔަށްދާ މީގެ 12 ވަނަ ބައްދަލުވުމުގައި 15 މާރިޗްގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެދިފައިވުން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ