logoEN
ޕީއެންސީ 2
ބޭރުގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނުތިބޭނެ: އެމްއެންޑީއެފް

ބޭރުގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނުތިބޭނެ: އެމްއެންޑީއެފް

big_4SHrVS8z77CVCeQvbXQtX33nf

އުތުރުތިލަފަޅަކީ އެމްއެންޑީއެފްއިން ހިންގާނެ ތަނެއް ކަމަށާއި އަސްކަރިއްޔާގެ ސިފައިންނާއި ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ޝަރީ 2024

މިހާރު ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ލީކް ކޮއްލައިގެން އުޅޭ ލިއުމަކީ އެއްވެސް އަސާސެއް ނެތް ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފައްދަން ކޮއްފައިވާ ކަމެއް ކަމަށެވެ.

"ސޮއިކުރި އެގްރީމަންޓުގައި އަސްކަރީ ބަޔަކު އެ ތަނުގައި ތިބޭނެ ވާހަކަ ނޯންނާނެ. ހަތިޔާރު އެޅި ބަޔަކު ތިބޭނެ ވާހަކަ ވެސް ނޯންނާނެ،" ޝަމާލް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަމާލް ވިދާލުވީ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީ ލީކުކުރުމާ ގުޅިގެން އެއްވެސް ތަހުގީގެއް މިހާތަނަށް ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ސިފައިންގެ ލަފާދޭ މަޖްލީސް ވެސް އެއްކޮއްފައި ނުވާނެ ކަމަށެވެ. މިފަދަ ވާހަކަ ތަކެއް ދެއްކުމުގެ ބޭނުމަކީ ދިވެހި ސިފައިންގެ އަގު ވައްޓާލުން ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ސިފައިންްގެ ބަނދަރެއް ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާންމު ކުރެއްވި ލިޔުންތަކާ ގުޅިގެން ރައްޔިތުންގެ ހިންހަމަ ނުޖެހުން ވަނީ ސަރުކާރާއި އެމްއެންޑީއެފް އަށް އަމާޒުވެފައެވެ.

އިތުރު ތަފްސީލް އަންނަނީ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ