logoEN
cocacola
މޫސުން ގޯސް ވިޔަސް މާދަމާ ވޯޓުލުން ކުރިޔަށްދާނެ، އީސީއިން ވޯޓުލާ ވަގުތު އިތުރުކޮށްފި

މޫސުން ގޯސް ވިޔަސް މާދަމާ ވޯޓުލުން ކުރިޔަށްދާނެ، އީސީއިން ވޯޓުލާ ވަގުތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

1/12/2024, 8:33:38 PM

231755_3_a223c30e732fa9c754b0127c39cfb9c496d73593_medium

މާދަމާ ކުރިޔަށްގެންދަން ނިންމާފައިވާ ކައުންސިލް ތަކުގެ ބައި އިލެކްޝަން ގެ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

ގޮސިޔާ

އީސީއިން މިއަދު ބުނީ މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ކަމަށް އީސީން ބުނެއެވެ.

View post on Twitter

އީސީގެ ނިންމުމާއި އެކު މާދަމާ ބާއްވާ އިންތިހާބުތަކުގެ ވޯޓުލުން ނިމޭގަޑި އަކީ ހަވީރު 5:00 އެވެ. ކުރިން އޮތް ގޮތުން ނަމަ ވޯޓުލުން ނިމޭ ގަޑިއަކީ ހަވީރު 04:00 އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންނެވެ. އެގޮތުން މާލެ ސިޓީއަށް މިއަދު ވަރަށް ބޮޑަށް ވިއްސާރަކުރަމުން އަންނަ އިރު ގިނަ މަގުތަކެއްގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި އެވެ. އަދި ބައެއް ގެތަަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ